Leynu alhaigen bodukanneleege masverikan kurumuge quota ah edhumah hulhuvaalaifi
image
ދިވެހި މަސްވެރިންތަކެއް-- ފޮޓޯ: ޓްވިޓާ/ދިވެހި މަސްވެރިން
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ކޯޓާއަށް އެދުމަށް ހުޅުވާލައިފި

ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ކޯޓާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމަށް ހުޅުވާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން 100 މޭލު ބޭރުގައިވާ ރާއްޖޭގެ އިޤްތިސާދީ ސަރަހައްދާއި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ މާކަނޑުގެ ސަރަހައްދުގައި ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރަންބޭނުންވާ ފަރާތްތަކުން އެކަމަށް ހަރަކާތްތެރިވުމަށް ބޭނުންވާ ކޯޓާއަށް އެދި ހުށަހެޅުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. 

އެގޮތުން އެކަމަށް އެދި ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މެއި 29 ވަނަ ދުވަސް ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.

ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މިއަހަރުގެ ޖޫން 1 އިން އަންނަ އަހަރުގެ މެއި 31 ގެ މުއްދަތަށް ވިއްކުމަށް ހަމަޖެހިފައިވަނީ ޖުމުލަ 15،000 މެޓްރިކް ޓަނުގެ ކޯޓާއެވެ.
ހިޔާލު