Market agu thah: Karalaai falholuge agu machchah
image
ލޯކަލް މާރުކޭޓް--
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

މާރުކޭޓު އަގުތައް: ކަރަލާއި ފަޅޮލުގެ އަގު މައްޗަށް

ބާޒާރުގެ މިއަދުގެ އަގުތަކަށް ބާލާއިރު، ތަރުކާރީއާއި މޭވާ، ފަލަމަޑީގެ ބާތްތަކާއި ފަތުގެ ބާވަތްތަކުގެ އަގުތަކުގައި އިއްޔެއާ މާބޮޑު ތަފާތެއް ނެތެވެ. ނަމަވެސް ކަރަލާއި ފަޅޮލުގެ އަގު ވަނީ ބޮޑެވެފަ އެވެ. 
މިއަދު މާރުކޭޓުގައި ކަރާ ކިލޯއެއް 35ރ އާއި 40ރ އަށް ވިއްކާއިރު، ފަޅޯ ކިލޯއެއް އުޅެނީ 30ރ އާއި 35ރ އަށެވެ. އިއްޔެ ބާޒާރުގައި ކަރާ ކިލޯއެއް ވިއްކީ 20ރ އަށެވެ. އަދި ފަޅޯ ކިލޯއެއް ވެސް ވިއްކީ 20ރ އަށެވެ. ކަރަލާއި ފަޅޯ ވިއްކާ މީހުން ބުނީ ކަރަލާއި ފަޅޮލުގެ އަގު މިއަދު ބޮޑުވެފައި ވަނީ އެ ދެ ބާވަތް ލިބުމުގައި ދަތިތަކެއް އުޅޭތީ ކަމަށެވެ. ނަމަވެސް އެމީހުން ބުނީ ކަރަލާއި ފަޅޯ ލިބުމުން އަގު ދަށަށްދާނެ ކަމަށެވެ.

މި ރޯދަމަހުގެ ފުރަތަމަ 10 ދުވަސް ނިމިފައިވާއިރު، ބާޒާރުމަތި ވަރަށް ހަލަބޮލިކަން ފާހަގަ ކުރެވެއެވެ. އަދި ރަށްތަކުން ގެންނަ ތަރުކާރީ އާއި މޭވާގެ ބާވަތްތައް މާބޮޑު ތާށިކަމެއް ނެތި، މާރުކޭޓާ ހަމައަށް ގެނެވި، ތަކެތީގެ އަގުތައް ދާދި އެއްވަރެއްގައި ހިފެހިއްޓިފައިވެއެވެ. 

ބާޒާރުގައި ތަކެތީގެ އަގުތައް


 • މިރުސް، 100 ގްރާމް: 15ރ-70ރ އަށް

 • ކަރާ ކިލޯއެއް:30ރ އާއި 35ރ އަށް

 • ޓޮމާޓޯ ކިލޯއެއް: 50ރ-55ރ އަށް

 • ބަރަބޯ ކިލޯއެއް: 25ރ-50ރ އަށް

 • ކިއުކަންބާ ކިލޯއެއް: 20ރ-30ރ އަށް

 • ލެޓިއުސް ކިލޯއެއް: 80ރ އަށް

 • 4 ފަތުގެ ކޮޕީފަތް ބޮނޑިއެއް: 10ރ އަށް

 • ކުއްޅަފިލާފަތް ބޮނޑިއެއް: 10ރ އަށް

 • ލުނބޯ ކިލޯއެއް: 35ރ-40ރ އަށް

 • ފަޅޯ ކިލޯއެއް: 30ރ އަށް

 • ޕެޝަންފުރުޓް ކިލޯއެއް: 85ރ އަށް

 • ފޭރު ކިލޯއެއް: 70ރ އަށް

 • އަނބު ކިލޯއެއް: 70ރ-90ރ އަށް

 • އަލަނާސި ގަނޑެއް: 30ރ-45ރ އަށް

 • ދޮންކެޔޮ ވަކެއް: 4ރ-6ރ އަށް

 • ކެރެޓް ކިލޯއެއް: 20ރ އަށް

 • ކެބޭޖް ކިލޯއެއް: 40ރ- 50ރ އަށް

 • ބީންސް ކިލޯއެއް: 45ރ- 55ރ އަށް

 • އަލުވި ކިލޯއެއް: 16ރ އަށް

 • ފިޔާ ކިލޯއެއް: 10ރ- 15ރ އަށް

 • ބަނބުކެޔޮ: 50ރ-85ރ އަށް

 • ބަށި ކިލޯއެއް: 45ރ އަށް

 • ބިސް ކޭހެއް: 380ރ އަށް

 • ކާއްޓެއް: 5ރ- 15ރ އަށް

 • ކުނރުބަލެއް: 25ރ-35ރ އަށް

ހިޔާލު