Duty ge gothugai MVR 300 million, 14 percent ge kurierumeh
image
މުދާ އެތެރެކުރި މިންވަރު އިތުރުވެއްޖެ --
0 ކޮމެންޓް
 

14 އިންސައްތައިގެ ކުރިއެރުމަކާއެކު އޭޕްރިލް މަހު ޑިއުޓީގެ ގޮތުގައި 300 މިލިއަން ރުފިޔާ ލިބިއްޖެ

މިދިޔަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު މިއަހަރުގެ އޭޕްރިލް މަހު ދައުލަތަށް އިމްޕޯޓް އަދި އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 14 އިންސައްތަ އިތުރުވެއްޖެ އެވެ. 
ކަސްޓަމްސް އިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ޑިއުޓީގެ ގޮތުގައި 300 މިލިއަން ރުފިޔާ ލިބުނުއިރު، އޭގެ ކުރީ އަހަރުގެ އޭޕްރިލް މަހު ލިބިފައި ވަނީ 262 މިލިއަން ރުފިޔާ އެވެ. 

ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވި ނަމަވެސް މިދިޔަ މަހު ރާއްޖެއިން މުދާ އެކްސްޕޯޓް ކުރި މިންވަރު ވަނީ އޭގެ ކުރި އަހަރުގެ އޭޕްރިލް މަހާ އަޅާ ބަލާއިރު 14 އިންސައްތަ ދަށަށް ގޮސްފަ އެވެ. 

މިދިޔަ އަހަރުގެ އޭޕްރީލް މަހުގައި ރާއްޖެއިން 377 މިލިއަން ރުފިޔާގެ މުދާ ބޭރުކުރިއިރު މި ނިމުނު އޭޕްރިލް މަހު ބޭރު ކުރެވިފައި ވަނީ 324 މިލިއަން ރުފިޔާގެ މުދަލެވެ. އެންމެ ގިނައިން އެކްސްޕޯޓް ކުރި ގައުމުތަކަކީ ތައިލެންޑް، އެމެރިކާ، ޖަރުމަނުވިލާތް، ފަރެންސޭސިވިލާތް އަދި އިނގިރޭސިވިލާތެވެ. 

އޭގެ އިތުރުން ތަފާސްހިސާބުތައް ދައްކާ ގޮތުގައި 2018 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު އެތެރެކުރި މުދަލުގެ ނިސްބަތް ވަނީ ނުވައެއް އިންސައްތައިން އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި 3.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވެއެވެ. އެކަމަކު މިއަހަރުގެ އޭޕްރީލްގައި ވަނީ 4.1 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފައެވެ. 

އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫއޭއީ އާއި ޗައިނާ އަދި ސިންގަޕޫރުގެ އިތުރުން އިންޑިއާ އާއި މެލޭޝިއާއެވެ. 
ހިޔާލު