Mas market: Kandumahaai farumas thiyaagi, agu thah badhaleh nuvey
image
މިއަދު މާރުކޭޓުގައި ވިއްކަންހުރި މަރުމަސްތަކެއް --
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

މަސް މާރުކޭޓް: ކަނޑުމަހާއި ފަރުމަސް ތިޔާގި، އަގުތައް ބަލަދެއް ނުވޭ

ރޯމަސް މާރުކޭޓްގެ މިއަދުގެ އަގުތަކަށް ބަލާއިރުވެސް މި ރޯދަމަހުގެ އެހެން ދުވަސްދުވަހާ އަޅާބަލާއިރު، މާބޮޑު ތަފާތެއް ނެތެވެ. ނަމަވެސް ފަރުމަހުގެ އަގުތަށް ކޮންމެ ވެސް ވަރަކަށް ހެޔޮވެފައިވާކަން ފާހަގަ ކުރެވެއެވެ.
މި ރޯދަމަހުގެ ފުރަތަމަ 10 ނިމިފައިވާއިރު، މަސްމާރުކޭޓުގައި، ކަޅުބިލަމަހާއި (ކަނޑުމަސް)، ކަންނެލީގެ އަގުތަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. ކަނޑުމަސް ކިލޯއެއް 30ރ އާއި 35ރ އަށް ލިބުނުއިރު، ކަންނެލި ކިލޯއެއް 30ރ އާއި 40ރ އަށް ލިބިފައިވެއެވެ. މިއަދު ވެސް ހުރީ ހަމަ އެ އަގުތަކުގަ އެވެ. 

މަސްމާރުކޭޓުގައި ކަނޑުމަހާއި ކަންނެލި، އެވްރެޖްކޮށް ކިލޯއެއް އުޅެނީ 35ރ އަށެވެ. މި ރޯދަމަހު ކަނޑުމަހަށްވުރެ ކަންނެލީގެ އަގު ބޮޑެވެ. އާންމުކޮށް، ކަނޑުމަހަކީ ކަންނެއްޔަށްވުރެ އަގު ބޮޑުކޮށް ވިއްކާ މަހެކެވެ. ނަމަވެސް މި ރޯދަމަހު މާރުކޭޓުގައި ކަނޑުމަހަށްވުރެ ކަންނެލި ކިލޯއަކުން 5ރ ބޮޑެވެ. ބައެއް ދުވަސް ދުވަހު ކަނޑުމަހާއި ކަންނެލި އެއް އަގެއްގައި ވެސް ވިއްކާފައި ވެއެވެ. 

ގިނަ ރޯދަމަސްމަހު ކަނޑުމަހާއި ފަރުމަހުގެ އަގުތައް ވަރަށް ބޮޑަށް ތަފާތުވެ، ވަރަށް ބޮޑަށް އަގުތައް އުފުލޭތަން ފެނެއެވެ. ނަމަވެސް މިރޯދަމަހު މަހުގެ ބާވަތްތައް އެއް އަގެއްގައި ވަނީ ހިފެހެއްޓިފަ އެވެ. 

މިއަދު ފަރުމަހުގެ އަގުތަކަށް ބަލާއިރު، އެންމެ އަގުބޮޑުކޮށްހުރީ ބޮޑެތި ރަތް މަހެވެ. ބޮޑު ރަތްމަހެއް 400ރ އަށް ލިބޭއިރު، އާދައިގެ ވަރެއްގެ ރަތްމަހެއް 100ރ އާއި 200ރ އާދެމެދުގެ އަގުތަކުގައި ލިބެއެވެ. 

ފިލޮޅާއި ގިޔުޅު 50ރ އާއި 150 އާދެމެދުގެ އަގުތަކުގައި ލިބޭއިރު މާނިޔާ މަހާއި އެކިވައްތަރުގެ ފަރުމަސް 30ރ އާއި 100ރ އާމެދުގެ އަގުތަކުގައި ލިބެން އެބަހުއްޓެވެ.
ހިޔާލު