"Raees Solih vaudhu fuh'dhavaane kann Veymandoo rayyithunah yageen vejje"
image
ރައީސް އިބްރާހިމް މުހައްމަދު ސާލިހު: ފޮޓޯ ރައީސް އޮފީސް
ގުފްތަގު އަޖީރު
0 ކޮމެންޓް
 

އިންޖީނު ފޮނުވުމުން، ރައީސް ސޯލިހު ވައުދު ފުއްދަވާނެކަން ވޭމަންޑޫ ރައްޔިތުންނަށް ޔަގީންވެއްޖެ: ކައުންސިލް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގައި އެދޭ ކަންކަން އެމަނިކުފާނު އިސްކަމެއް ދެއްވައިގެން ކޮށްދެއްވާކަން ޔަގީންވެއްޖެ ކަމަށާއި އެމަނިކުފާނު ވައުދު ފުއްދަވާނެކަން ޔަގީން ވެއްޖެކަމަށް ތ. ވޭމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ނަސީހު ވިދާޅުވެއްޖެއެވެ.
ވޭމްނަޑޫ އަށް ދިމާވެފައިވާ ކަންރަންޓުގެ މައްސަލަ ހައްލުކޮށް ދިނުމަށް އެދި އެރަށު ކައުންސިލުން ރައީސް ސޯލިހާއި ބައްދަލުކުރުމުން، ސަރުކާރުން ވަނީ 600 ކިލޯވަޓްގެ ޖެނަރޭޓަރެއް އެރަށް ފޮނުވާފަ އެވެ. 

"ރައީސް ވައުދެއްވެލައްވައިފި ނަަމަ އެެ ވައުދެއް ފުއްދަވާނެކަން މި ރަށު ރައްޔިތުންނަށް މިހާރު ޔަގީންވެއްޖެ. މައިންބަފައިން ދަރިންނާ ވާހަކަ ދައްކާ އުސޫލުން ރައީސް އަޅުގަނޑުމެންމެންނާ ބައްދަލުކޮށް ވާހަކަ ދެއްކީ. ރަށުގެ ކަންކަން ކޮންމެ ކަމެއް ވަކިވަކިން އެއްސެވި. އަޅުގަނޑު އެދެނީ ފެނަކަ ކުންފުނިތަކުގެ މެނޭޖަރުން ވެސް ކަރަންޓުގެ މައްސަލައެއް އުޅޭނަމަ އެކަން ރައީސްގެ ސަމާލުކަމަށް ގެނައުމަށް. އޭރުން ހަމަ ޔަގީން ހައްލު ކޮށްދޭނެކަން. މި ސަރުކާރުން ކޮށްދޭ ކަންކަމަށް އައްސަރިބަހާ ސާބަސް،" ވޭމަންޑޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ މިވީ ތަނަށް އެރަށުގައި ހުރީ 400 ކިލޯވަޓްގެ ޖެނަރޭޓަރެއް ކަމަށެވެ. އެ ރަށަކީ އަތޮޅު ވެރިކަން ކުރާ ރަށްކަމުން، ގިނައަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކަށް އެރަށަށް އަންނަ ކަމަށާއި އެންމެނަށް ކަރަންޓު ފޯރުކޮށްދޭން 400 ކިލޯ ވަޓްގެ ޖެނަރޭޓަރު ނުފުދޭކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އާ ޖަނެރޭޓަރުގެ ސަަބަބުން މި މައްސަލަ ހައްލުވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ނަސީހު ވިދާޅުވިއެވެ. 

ތިމަރަފުށީ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުﷲ ރިޔާޒު ވެސް ވަނީ އިންޖީނު ފޮނުވާ ދެއްވިކަމަށްޓަކައި، ރައީސް ސޯލިހާ، ނައިބު ރައީސް ފައިސަލް ނަސީމާއި ފެނަކައަށް ޝުކުރު ދަންނަވާފައެވެ. 


ރާއްޖޭގެ ރަށްރަށުގައި ކަރަންޓުގެ މައްސަލަތައް ހައްލުކޮށް ކަރަންޓުގެ އަގު ހެޔޮކުރުމަށް ރައީސް އިބްރާހިމް މުަހައްމަދު ސޯލިހު ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ހިޔާލު