Bharat gai Tabu fennaanee enme scene akun
image
ތާބޫ--
0 ކޮމެންޓް
 

ބާރަތުގައި ތާބޫ ފެންނާނީ އެންމެ ސީނަކުން

އަންނަ ކުޑަ އީދުގައި ނެރުމަށް ނިންމާފައިވާ ފިލްމު، "ބާރަތު" ގައި ފެނިގެންދާ ބޮލީވުޑުގެ ބަތަލާ ތާބޫ އެފިލްމުން ފެނިގެންދާނީ އެންމެ ސީންއަކުން ކަން އޭނާ ހާމަކޮށްފިއެވެ. 
ފިލްމުގެ ޓްރެއިލާއިން ވެސް ތާބޫ ފެނިފައި ނުވާތީ ތަފާތު އަޑުތައް އެރިއެވެ. އެކަމަކު އޭނާ މިވަނީ އެފިލްމުގައި އޭނާ ފެނިގެންދާނީ ކުޑަ ރޯލަކުން ކަމަށާއި އެހެންވީމާ ފިލްމުގެ ޕްރޮމޯޝަނުން ވެސް އޭނާ ނުފެންނާނެ ކަމަށް ބުނެފައެވެ. 

އަލީ އައްބާސް ޒަފަރު ޑައިރެކްޓުކޮށް ނެރޭ އެފިލްމަކީ ސަލްމާން ހާން އާއި ކެޓްރީނާ ކައިފް އަދި ދިޝާ ޕަޓާނީ ލީޑުން ފެނިގެންދާ ފިލްމެކެވެ. އަދި ތާބޫ އާއި ސުނިލް ގްރޯވާގެ އިތުރުން ޖެކީ ޝްރޮފް ވެސް ފިލްމުން ފެންނާނެއެވެ. 

"ބާރަތު" އަކީ 2014 ވަނަ އަހަރު ނެރެފައިވާ ދެކުނު ކޮރެއާގެ ފިލްމެއް ކަމަށްވާ "އޯޑް ޓު މައި ފާދާ' ގެ ރިމޭކެކެވެ. ފިލްމު ނެރޭނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހެވެ. 
">
ހިޔާލު