Inspector of Correctional Service ge magaamah beyfulhaku ayyankoffi
image
އަހުމަދު މުހައްމަދުފުޅު--
0 ކޮމެންޓް
 

އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި

އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމަށް ރ. ކަނދޮޅުދޫ ރިހިތަޅާގެ އަހުމަދު މުހައްމަދުފުޅު މިއަދު އައްޔަންކުރައްވައިފިއެވެ. 
އޭނާ އެމަގާމަށް އައްޔަންކުރައްވާފައި ވަނީ "ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު" ގެ ނުވަ ވަނަ މާއްދާގެ (ހ) ގެ ދަށުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. އެގޮތުން އަހުމަދު އައްޔަންކުރައްވާފައި ވަނީ ކުރިން އެމަގާމުގައި ހުންނެވި މުހައްމަދު އިބްރާހީމް ދީދީ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. 

އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމަށް އައްޔަންކުރެއްވި އަހުމަދަކީ، ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްއިން ބެޗްލާސް ހާސިލުކުރައްްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ އެންމެ ފަހުން މަސައްކަތް ކުރެއްވީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޑިރެކްޓާ އޮފް ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)ގެ މަގާމުގައެވެ. އޭގެ ކުރިން ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުވެސް އަދާކުރެއްވި އަހުމަދު ވަނީ ޖަލުތައް އޮޑިޓްކުރުމަށް އެކުލަވާލެއްވި ކޮމިޝަންގެ މެމްބަރުކަން ވެސް ކުރައްވާފައެވެ. 

އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަކީ މީހުން ބަންދުކުރާ ތަންތަނުގެ ހާލަތާއި އެތަންތަނުގައި ކަން ހިނގާ ގޮތް ބަލާ، ހޯމް މިނިސްޓްރީއަށް ރިޕޯޓްކުރުމަށް އައްޔަން ކުރާ މީހެކެވެ.
ހިޔާލު