Joorimanaa aai Gehlumuge badhaluge gothugai RF 336.7 Million, adhives ithuruvaane!
image
ފިނޭންސް މިނިސްޓަރު.-- ފޮޓޯ: ފިނޭންސް
1 ކޮމެންޓް
 

ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 336.7 މިލިޔަން، އަދިވެސް އިތުރުވާނެ!

ޖޫރިމަނާ އާއި ގެއްލުމުގެ ދަބަލުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ސަރުކާރުން 336.7 މިލިޔަން ރުފިޔާ ދައްކަން ޖެހުނު ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރޭ ހަފްތާގެ މާލީ ރިޕޯޓުގައި ބުނެފައިވަނީ، މި އަހަރުގެ ބަޖެޓުގައި ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން 50.4 މިލިޔަން ރުފިޔާ ކަނޑައަޅާފައިވީނަމަވެސް ފުރަތަމަ ހަތަރު މަހުން އެ އަދަދު ހަ ގުނަ އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ކޯޓު މަރުހަލާގެ ތެރެއިން ދައްކަން ޖެހޭ އަދަދު އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.

ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން ޖެހުނު އަދަދު ބޮޑުވި އިރު، ނެކްސްބިޒް އަށް 277 މިލިޔަން ރުފިޔާ އަދި ސުނާމީ ލޯނުތައް މައާފު ކުރުމަށް ބީއެމްއެލް އަށް ސަރުކާރުން 15.2 މިލިޔަން ރުފިޔާ ދައްކާފައިވާ ކަން ފިނޭންސް މިނިސްޓްރީން ފާހަގަ ކުރެ އެވެ.

ފިނޭންސް މިނިސްޓްރީން ޖޫރިނަމާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން އެތައް ސަތޭކަ މިލިޔަނެއް ދައްކަން ޖެހިފައިވާކަން ހާމަކުރި އިރު، ރައީސް ނަޝީދުގެ ސަރުކާރުގައި ދީބާޖާ އާއި އެކު ހެދި އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިޔަނަށްރުފިޔާ ދިނުމަށް ސްޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އޭގެ އިތުރުން ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް 78 މިލިޔަން ރުފިޔާ ދޭން ޖެހުނު މައްސަލާގެ އިތުރުން ސީޓީޖީ އަށް 22 މިލިޔަން ރުފިޔާ ދޭން ޖެހިފައި ވެއެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި ޖޫރިމަނާ އާއި ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާ ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ. އަދި ކުރީގެ ސަރުކާރުން ކުށެއްނެތި އެތައް ބަޔަކު ވަޒީފާ އިން ވަކިކޮށްފައިވާއިރު، އެ މީހުންނަށް ވެސް ބަދަލު ދޭން ޖެހުމުގެ ސަބަބުން އެތައް މިލިޔަން ރުފިޔާ އެއް މިހާތަނަށް ދައްކަން ޖެހިފައި ވެއެވެ.
ފިނޭންސް
ހިޔާލު

ހަސަނޫ

އަދިކޮބާ ޔާމިިނު އާއި އޭނާގެބައިގަނޑު ޒާތީގޮތުން ފޭރިގަން ޕްރޮޖެކްޓު ތަކާއި ގެދޮރާއި ގޯތި ތަކާއި މުދަލުގެ ބަދަލު؟