"Thin mas dhuvahu thereygai baeh hospital thakah bodethi badhaluthakeh annane"
image
ހެލްތު މިނިސްޓަރު އަމީން---ފޮޓޯ: ހެލްތު މިނިސްޓަރު
ފައުޒާ މުހައްމަދު
2 ކޮމެންޓް
 

"ތިން މަސް ތެރޭގައި ހޮސްޕިޓަލްތަކަށް ބޮޑެތި ބަދަލު އަންނާނެ"

ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ބައެއް ހޮސްޕިޓަލްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި 10 ހޮސްޕިޓަލަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފެންވަރު މަތިކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ 10 ހޮސްޕިޓަލަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުންނާއި އަދި އެހެނިހެން ހިދުމަތްތެރިން ހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން މެޝިނަރީޒް އާއި ބޭސް ފޯރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެއީ ކޮން ހޮސްޕިޓަލްތަކެއް ކަން މިނިސްޓަރު ހާމަކޮށްފައި ނުވި ނަމަވެސް އެ ހޮސްޕިޓަލްތައް ކަނޑައެޅުމުގައި ހިދުމަތުގެ ފެންވަރުގެ އިތުރުން އެންމެ ބޮޑަށް ހައްލު ހޯދަން ޖެހިފައިވާ ތަންތަން އަދި އާބާދީ އަށް ބަލާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ހިޔާލު

ފުއްކިބަ

ހޮޅިވާހަކަ ޕުލޭނެއްވެސް ނެތް ކޮންހޮސްޕިޓަލެއްކަންވެސް ނޭގޭ...

ތިން މަސް

ތިން މަސް ގުނަންވީ ސަރުކާރު ބަންދު ދުވަސްތައް ނުލާބާ...؟