Hina Bollywood ah tha'aarafuvaa film ge poster eh dhahkaalaifi
image
ހީނާ ބޮލީވުޑަށް ނުކުންނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު--
0 ކޮމެންޓް
 

ހީނާ ބޮލީވުޑަށް ތައާރަފުވާ ފިލްމުގެ ޕޯސްޓަރެއް ދައްކާލައިފި

މަޝްހޫރު ޓީވީ ތަރި ހީނާ ހާން ބޮލީވުޑަށް ނިކުންނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު، 72 ވަނަ ކާންސް ފިލްމު ފެސްޓިވަލުގައި ދައްކާލައިފިއެވެ.
މިއީ ކާންސް ފިލްމު ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުސަތު ހީނާއަށް ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ. އެހެންވެ އޭނާ ބޮލީވުޑަށް ނިކުންނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު އެ ފެސްޓިވަލުގެ ތެރެއިން އާންމުކުރިއިރު ހޮލީވުޑުގައި ވެސް މަސައްކަތްކުރާ ކުޅަދާނަ ތަރިން ބައިވެރިވި އެ ފެސްޓިވަލުގެ ތެރެއިން ޕޯސްޓަރު އާންމު ކުރުމުގެ ފުރުސަތު ހީނާއަށް ލިބުނީތީ ހީނާ ހުރީ އުފަލުން ފޮޅިފައެވެ.

އުމުރުން 31 އަހަރުގެ ހީނާގެ އިންސްޓަގްރާމު މެދުވެރިކޮށް އެ ޕޯސްޓަރު ހިއްސާކުރިއިރު އޭނާ ބުނީ، ފިލްމުގައި އޭނާ ފެނިގެންދާނީ "ނާޒިއާ" ގެ ރޯލުން ކަމަށެވެ. "ލައިންސް"ގެ ނަން ދީފައިވާ އެފިލްމުގެ ޕޯސްޓަރުން ހީނާގެ މޫނުމަތިން މޮޅިވެރިކަން ފެނިގެންދާއިރު ކުރިމަތީގައި ބޯޑަރެއް ލާފައިވެއެވެ. ހީނާ ބުނީ، ދެ ގައުމުގެ ދެމެދުގައި އޮންނަ ބޯޑަރެއްގެ ސަބަބުން މީހެއްގެ އިހުސާސްތައް ބަދަލު ނުވާނެ ކަމަށެވެ.

ޕޯސްޓަރަށް ބަލާއިރު އެ ޕޯސްޓަރުން ފެންނަނީ ޕާކިސްތާނުގެ ސަގާފަތާއި އެއްގޮތަށް ހީނާ ހެދުން އަޅާފައިވާ މަންޒަރެވެ. އެހެންކަމުން މި ފިލްމަކީ ޕާކިސްތާނާއި އިންޑިއާ ވަކިކުރާ ބޯޑަރާ ގުޅުމެއް އޮންނަ ފިލްމެއް ކަމަށް ބެލެވެއެވެ.

ހުސެއިން ހާން ޑައިރެކްޓުކުރާ މި ފިލްމަކީ ރާހަތު ކަޒްމީ އާއި ތާރިގް ހާން އަދި ޒެބާ ސާޖިދު ޕްރޮޑިއުސް ކުރާ ފިލްމެކެވެ.
ހިޔާލު