Aasaaru rahkaatherikurumah enmmen ehbaivun muhinmmu
image
މިނިސްޓަރު އޮފް އާޓްސް ކަލްޗަރު އެންޑް ހެރިޓޭޖް: ޔުމްނާ މައުމޫން
ގުފްތަގު އަޖީރު
2 ކޮމެންޓް
 

އާސާރު ރައްކާތެރިކުރުމަށް އެންމެން އެއްބައިވުން މުހިންމު: މިނިސްޓަރު ޔުމްނާ / ފޮޓޯ ވަން

ދިވެހި ރާއްޖޭގެ އާސާރީ މައުލޫމާތު ރައްކަތެރިކުމަކީ އެންމެން ގުޅިގެން ކުރާ މަސައްކަތެއްގެ ގޮތުގައި ހެދުން މުހިންމު ކަމަށް މިނިސްޓަރު އޮފް އާޓްސް ކަލްޗަރު އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ބައިނަލް އަގުވާމީ ދާރުން އާސާރުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ފޮނުއްވި ހިތާބުގައި ވިދާޅުވެފައިވަނީ، ދާރުން އާސާރުތަކުގައި ހުރި އާސާރުތަކަކީ ދިވެހިންގެ ހަނދާންތަކާ ޝުއޫރުތަކާ އަމިއްލަ ވަންތަކަމާއި ގުޅިފައިވާ ތަކެތި ކަމަށެވެ.

"މިތަކެއްޗާ މިތަކެތިން ލިއްބައިދޭ އަގުހުރި މައުލޫމާތު ރައްކާތެރިކުރުމަކީ އެންމެން ގުޅިގެން ކުރާ މަސައްކަތެއްގެ ގޮތުގައި ހަދމާތޯއެވެ. މިއީ އަޅުގަނޑުމެންްގެ ކާބައިން އަޅުގަނޑުމެންނާ ހަވާލުކޮށްފައިވާ އަގުބޮޑު އަމާނާތެކެވެ،" މިނިސްޓަރުގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.

މިތަކެތި ރައްކާތެރިކޮށް އަދުގެ ޖީލަށާއި އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއްކަމުގައި ވިސްނުމަށްވެސް މިނިސްޓަރު ވަނީ އެދިލައްވާފައެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަަމަ ގައުމީ ދާރުލް އާސާރެެއް ހުޅުވާފައި ވަނީ 1952 ވަނަ އަހަރު ގެ މޭ މަހުގެ 19 ވަނަ ދުވަހުއެވެ. އެއީ އޭރުގެ ވަޒީރުލް އައުޒަމް މުހައްމަދު އަމީން އެވެ. އޭގެ ފަހުން ކުރީގެ ރަައީސް މައުމޫން އަބްދުލްގައްޔޫމް 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހު 12 ވަނަ ދުވަހު އައު ދާރުލް އާސާރެއް އެޅުވުމަށް ބިންގާ އެޅުއްވިއެވެ. އަދި އެ ދާރުލްއާސާރު ހުޅުވާދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެއީ 2010 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ.
ހިޔާލު

ބާރޭ

ރ.އަތޮޅު އަނގޮޅިތީމަކީ ތާރީޚީގޮތުން ވަރަށް ފާހަގަކޮށްލެވޭ ރަށެއް. މިރަށުން ވަރަށް ގިނަ އާސާރީ ތަކެތި ފެނުނު. އަދި އެތަކެތި ވަނީ އެކި ސަރުކާރުތަކުގައި މާލެ ފޮނުވިފައި. ނަމަވެސް މީގެން އެއްޗެއް ޤައުމީ ދާރުލްއާސާރަކު ނެތް. ކާލިބަޔަކު ކާލީ. މިހާރުވެސް އެފަދަ ތަކެތި މިރަށުގައި އެބަހުރި. ނަމަ ނަމަ މިރަށަށް އެތަކެތި ބަލާ ނާންނާތި. އެތަކެއްޗެއް ނުދޭނަން ، އަތްލަންވެސް ހިތައް ނާރުވާތި. އޮޅުއަޅެވެން ނޫޅޭތި......

ދަގަ

ކަލޭ އެކަނި އުޅެގަ އައްޕަ ގެ ލިބިފަ އޮތް މުއްސަދިކަމުން. އަހުން މިއުޅެނީ އަހަރުމެންގެ ދަރިންވެސް ރައްކާނުކުރެވިގެން ލާނެ ކޮޓަރިގަޑެއް ނެތިގެން.