Chikungunya jehunu dhe kujjaku serious haalathugai
image
އައިޖީއެމްއެޗް: ދެ ކުދިންގެ ސިކުޑި އިންފެކްޓް ވެފައިވާ ކަމަށް ޑރ. ފައިސަލް ވިދާޅުވި.
0 ކޮމެންޓް
 

ޗިކުންގުންޔާ ޖެހުނު ދެ ކުއްޖަކު ސީރިއަސް ހާލަތުގައި

މަދިރީގެ ޒަރިއްޔާ އިން ޖެހޭ ބައްޔެއް ކަމަށްވާ ޗިކުންގުންޔާ ޖެހުނު ދެ ކުއްޖެއްގެ ސިކުޑި އިންފެކްޓްވެ، އެ ދެ ކުދިންގެ ހާލު ސީރިއަސް ވެއްޖެ އެވެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް މިއަދު ޓްވިޓާގައި ވިދާޅުވީ، ޗިކަންގުންޔާ ޖެހި ދެ ކުއްޖެއްގެ ސިކުޑި އިންފެކްޓް ވެފައިވާ ކަމަށާއި، އެ ދެ ކުދިންނަށް އަވަސް ޝިފާއަކަށް އެދި ދުއާ ކޮށްދިނުމަށް އެދޭ ކަމަށެވެ.

ނަމަވެސް ޑޮކްޓަރަށް ގުޅޭގޮތް ނުވުމުން އެ ދެ ކުދިނާ ބެހޭ އިތުރު ތަފްސީލެއް ނުލިބެ އެވެ. އަދި އައިޖީއެމްއެޗުން ވެސް މިހާތަނަށް އެފަދަ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.


ފަހަކަށް އައިސް ޗިކުންގުންޔާގެ އިތުރުން ޑެންގީ ހުން ފެތުރުން ވަރަށް ބޮޑަށް ވަނީ އާންމުވެފަ އެވެ. އެގޮތުން އެކަމަށް ސަމަލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންނަނީ މަދިރީގެ ޒަރިއްޔާ އިން ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް، މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ހާއްސަ މަސައްކަތްތަކެއް ވެސް ފަށައިފަ އެވެ.
ހިޔާލު