Waheeda Rehman, faahaga kohlevey muslim actoreh!
image
ވަހީދާ---
2 ކޮމެންޓް
 

ވަހީދާ ރެހްމާން، ފާހަގަކޮށްލެވޭ މުސްލިމް އެކްޓަރެއް!

ވަހީދާ ރެހްމާން އަކީ 1938 ގައި އިންޑިއާއަށް އުފަންވި ފަންނާނެކެވެ. މުސްލިމު އާއިލާއަކަށް ނިސްބަތްވާ ވަހީދާއަކީ ގިނަ ބައެއްގެ ލޯބި ހޯޯދާފައިވާ ފަންނާނެކެވެ.
އުމުރުން 81 އަހަރުގެ ވަހީދާ ވަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި ހިންދީ އާއި ތެލުގޫ އާއި ތަމިލް އަދި ބެންގާލީ ފިލްމުތައް ހިމެނެއެވެ. ވަހީދާއަށް ޖުމްލަ ހަތް އެވޯޑު ލިބިފައިވާއިރު އޭނާ ވަނީ ހަ އެވޯޑަށް ނޮމިނޭޓު ވެސް ވެފައެވެ.

ވަހީދާ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ނެރުނު ފިލްމު "ވިޝްވަރޫޕަން" ގެ ދެވަނަ ބައިންނެވެ. އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ޕޭސާ" އާއި "ކަބީ ކަބީ" އާއި "ދެއްލީ 6" އާއި "އާދްމީ" އާއި "ލަވް އިން ބުމްބާއީ" އަދި "ރަންގް ދި ބަސަންދީ" ހިމެނެއެވެ.

ވަހީދާ އަކީ ކުރީގައި ބޮލީވުޑުގައި ހުރި އެންމެ ރީތި ބަތަލާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އޭނާގެ ފިރިމީހާ އަދި އެކްޓަރު ކަމަލްޖީދު މަރުވެފައިވަނީ 2000 ވަނަ އަހަރުއެވެ. އެދެމީހުންގެ ދެ ކުދިން ތިބެއެވެ.
ހިޔާލު

ފާތޭ

ކޮބާ ޒުވާން އިރުގެ ފޮޓޯ. ވަރަށް ދެރަވަރު ދޯ... އޭނަގެ ޅައިރުގެ ކަންތައްތައް ވެސް ހިމެނި ނަމަ ރަނގަޅުވީސް

Sameen

ކޮބާ އޭނަގެ ޒުވާން ދުވަސްވަރު ކުޅުނު ފިލްމްތައް ތިޔައީ އުމުރުން 50އަހަރުވީ ފަހުން ކުޅެފަ ހުރި ފިލްމްތައް ދޭވްއާނަންދް ގްރޫދަތާ އެކީ ކުޅެފަ ހުރި މޮޅު ފިލްމްތައް