Galolhu kuni koshi sarahahdhu tharahqeekoh zamaanee fenvaruge volley court eh alhanee
image
ވޮލީ ކުޅެނީ -- ފޮޓޯ: ޕީއެސްއެމް ނިއުސް
0 ކޮމެންޓް
 

ގަލޮޅު ކުނިކޮށި ސަރަހައްދު ތަރައްގީކޮށް، ޒަމާނީ ފެންވަރުގެ ވޮލީކޯޓެއް އަޅަނީ

ގަލޮޅު ކުނިކޮށި ސަރަހައްދު ތަރައްގީކޮށް އެތަނުގައި ޒަމާނީ ފެންވަރުގެ ވޮލީ ކޯޓެއް އެޅުމަށް ޕްލޭނިން މިނިސްޓްރީއާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަހްލޫފް ޕީއެސްއެމަށް ވިދާޅުވީ، ފުޓުބޯޅައެކޭ އެއްފަދައިން ވޮލީކުރި އެރުވުމަކީ ވެސް އެ މިނިސްޓްރީގެ އަމާޒެއް ކަމުން ކުރީގެ ގަލޮޅު ކުނިކޮށި ސަރަހައްދުގައި އައުޓްޑޯ ވޮލީ ކޯޓެއް އެޅުމަށް މަޝްވަރާތައް މިހާރު ފެށިފައިވާ ކަމަށެވެ.

ކުރީގެ ގަލޮޅު ކުނިކޮށި ސަރަހައްދު ލިބިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެތަން ތަރައްގީކޮށް ނިމޭއިރު އެތަނަކީ އައުޓްޑޯ އެންމެ ރަނގަޅު ފެންވަރުގެ ވޮލީ ކޯޓަކަށް ވެގެން ދާނެ ކަމަށެވެ.

"އަޅުގަނޑު ކުދިންނަށްވެސް އަދި އެސޯސިއޭޝަނަށްވެސް ދޭން ބޭނުންވާ ޔަގީންކަމަކީ އަޅުގަނޑުމެން ވޮލީ ކޯޓް ތަރައްގީކޮށް، ކުޅޭނީ ދެން އައުޓްޑޯ އެންމެ ރަނގަޅު ފެންވަރަކަށް ވޮލީ ކޯޓެއް ގާއިމުކޮށްދީގެން،" މިނިސްޓަރު ވިދާޅުވިއެވެ.

ގައުމީ ވޮލީ ޓީމުތައް މިހާރު ފަރިތަކުރަމުންދަނީ ޒުވާނުންގެ މަރުކަޒު އިންޑޯ ހޯލްގައި އާއި މޭރީބްރައުން ފަހަތުގައި އޮންނަ އައުޓްޑޯ ކޯޓުގައެވެ.
ހިޔާލު