Market agu thah: Roadhamas dhebai vaairu, aguthah eh hamaegga
image
މާލޭގެ ލޯކަލް މާރުކޭޓުގައި ހުރި ކަރާތަކެއް --
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

މާރުކޭޓު އަގުތައް: ރޯދަމަސް ދެބައިވާއިރު، އަގުތައް އެއްހަމައެއްގައި

ބާޒާރުގެ މިއަދުގެ އަގުތަކަށް ބާލާއިރު، ތަރުކާރީއާއި މޭވާ، ފަލަމަޑީގެ ބާތްތަކާއި ފަތުގެ ބާވަތްތަކުގެ އަގުތަކުގައި މި ރޯދަ މަހުގެ އެހެން ދުވަސްތަކެކޭ ތަފާތެއް ނެތެވެ.
މިއަދު މާރުކޭޓުގައި ކަރާ ކިލޯއެއް 20ރ އާއި 25ރ އަށް ވިއްކާއިރު، ފަޅޯ ކިލޯއެއް އުޅެނީ 30ރ އާއި 35ރ އަށެވެ. ނަމަވެސް ދިވެހި ފަޅޯ ކިލޯއެއް 15ރ ލިބެއެވެ. 30ރ އަށް ވިއްކަނީ އިޒްރޭލް ފަޅޮލެވެ.

މި ރޯދަމަހު ތަކެތީގެ އަގުތަކުގައި، އެއްދުވަހުން އަނެއް ދުވަހަށް ބަލާއިރު، މާބޮޑު ތަފާތެއް ނުފެނެ އެވެ. އަގުތަކުގެ ބޮޑުވެގެން ނުވަތަ ހެޔޮވެގެން އުޅެނީ 5ރ ގެ ތަފާތެކެވެ.

އެހެންނަމަވެސް މިރޯދަމަހުގެ ފުރަތަމަ ދުވަހު ކަނޑޫދޫ މިރުސް، 100 ގްރާމް ވިއްކީ 100ރ އަށެވެ. ނަމަވެސް ޖެހިގެންއައި ދުވަސް ރާއްޖެއިން ބޭރުން މިރުސް އެތެރެކުރުމުން އަގު ވަނީ ހެޔޮވެފަ އެވެ. މިއަދު ކަނޑޫދޫ މިރުސް، 100 ގްރާމް 45ރ އަށް ވެސް ލިބެއެވެ.

މި ރޯދަމަސް ދެބައިވާންދާއިރު، ބާޒާރުމަތި ވަރަށް ހަލަބޮލިކަން ފާހަގަ ކުރެވެއެވެ. އަދި ރަށްތަކުން ގެންނަ ތަރުކާރީ އާއި މޭވާގެ ބާވަތްތައް މާބޮޑު ތާށިކަމެއް ނެތި، މާރުކޭޓާ ހަމައަށް ގެނެވި، ތަކެތީގެ އަގުތައް ދާދި އެއްވަރެއްގައި ހިފެހިއްޓިފައިވެއެވެ.

ބާޒާރުގައި ތަކެތީގެ އަގުތައް

މިރުސް، 100 ގްރާމް: 15ރ-55ރ އަށް
ކަރާ ކިލޯއެއް: 20ރ އާއި 25ރ އަށް
ޓޮމާޓޯ ކިލޯއެއް: 50ރ-55ރ އަށް
ބަރަބޯ ކިލޯއެއް: 25ރ-50ރ އަށް
ކިއުކަންބާ ކިލޯއެއް: 20ރ-30ރ އަށް
ލެޓިއުސް ކިލޯއެއް: 80ރ އަށް
4 ފަތުގެ ކޮޕީފަތް ބޮނޑިއެއް: 10ރ އަށް
ކުއްޅަފިލާފަތް ބޮނޑިއެއް: 10ރ އަށް
ލުނބޯ ކިލޯއެއް: 35ރ-40ރ އަށް
ފަޅޯ ކިލޯއެއް: 30ރ އަށް
ޕެޝަންފުރުޓް ކިލޯއެއް: 85ރ އަށް
ފޭރު ކިލޯއެއް: 70ރ އަށް
އަނބު ކިލޯއެއް: 70ރ-90ރ އަށް
އަލަނާސި ގަނޑެއް: 30ރ-45ރ އަށް
ދޮންކެޔޮ ވަކެއް: 4ރ-6ރ އަށް
ކެރެޓް ކިލޯއެއް: 20ރ އަށް
ކެބޭޖް ކިލޯއެއް: 40ރ- 50ރ އަށް
ބީންސް ކިލޯއެއް: 45ރ- 55ރ އަށް
އަލުވި ކިލޯއެއް: 16ރ އަށް
ފިޔާ ކިލޯއެއް: 10ރ- 15ރ އަށް
ބަނބުކެޔޮ: 50ރ-85ރ އަށް
ބަށި ކިލޯއެއް: 45ރ އަށް
ބިސް ކޭހެއް: 380ރ އަށް
ކާއްޓެއް: 5ރ- 15ރ އަށް
ކުނރުބަލެއް: 25ރ-35ރ އަށް
ހިޔާލު