Varivegen haggu hoadhan court ah dhaa anhenunnah Dhiyana hiley vakaalaathu kohdhenee
image
ދިޔާނާ ސައީދު-- ފޮޓޯ: ދަ ޕްރެސް
މާއިދާ މުހައްމަދު ރަޝާދު
6 ކޮމެންޓް
 

ވަރިވުމުން މުދަލުގެ ހައްގު މިންވަރު ހޯދަން ކޯޓަށްދާ އަންހެނުންނަށް ދިޔާނާ ހިލޭ ވަކާލާތު ކޮށްދެނީ

ކައިވެނިކޮށްގެން އުޅޭ ދެމީހަކު އެކުގައި ހޯދި މުދާ، ވަރިވުމަށްފަހު އަންހެން މީހާއަށް ނުލިބޭ މައްސަލަތަކުގައި ކޯޓަށް ދާން ބޭނުންވާ ފަރާތްތަކަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
ދިޔާނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެމީހުންގެ މަސައްކަތުން މުދާ ހޯދި ނަމަވެސް ދެމީހުން ވަރިވުމަށް ފަހު ހައްގު މިންވަރު ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި އަންހެން މީހާ ދަނީ ހުސް އަތާ ކަމަށެވެ. އެހެންވެ އެފަދަ އަންހެނުންގެ ހައްގުތައް ހޯދައި ދިނުމަށް ކޯޓުތަކުގައި ހިލޭ ވަކާލާތުކޮށްދެއްވާނެ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ކައިވެނިކޮށްގެން އުޅޭއިރު ހޯދާ މުދަލަކީ ދެމީހުންގެ ވެސް މުދަލެއްކަމުން ވަރިވި ނަމަވެސް އެ މުދާ ދެމީހުންގެ މެދުގައި ބަހަން ޖެހޭ ކަމަށް ދިޔާނާ ވިދާޅުވިއެވެ.


ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު ތަފާސްހިސާބު ހިމަނާފައިވާ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) ގެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގައި ކައިވެނިކުރާ ނިސްބަތާއި އަޅާބަލާއިރު ވަރި ގިނަ ނަމަވެސް ވަރި ގިނަ އެވެ.

އެންބީއެސްގެ މިދިޔަ އަހަރުގެ އެ ރިޕޯޓަށް ބަލާއިރު 2015 ވަނަ އަހަރާ އަޅާބަލާއިރު ވަރިވި މީހުންގެ އަދަދު ވަނީ 2016 ވަނަ އަހަރު ދެ ޕަސެންޓް މަތިވެފައެވެ. އެގޮތުން 2015 ވަނަ އަހަރު ރާއްޖޭގައި ޖުމްލަ 5763 ކައިވެނި ރަޖިސްޓްރީ ކުރިއިރު އޭގެ ތެރެއިން 3358 މީހުން ވަރިވިއެވެ. އަދި 2016 ވަނަ އަހަރު 5488 ކައިވެންޏެއް ރަޖިސްޓްރީ ކުރެވުނުއިރު 3417 ކައިވެނި ރޫޅިފައިވެއެވެ.
ހިޔާލު

ނަން ނެތް

ވަރިވެގެން ދާ މީހުނަށް ތޯ ނޫނީ، ވަރިކޮށްގެން ދާ މީހުނަށްތޯ އެހީ ވަނީ؟

ސިންގަލް މަމް

ތީ ވަރަށް ރަނގަޅު ހިޔާލެއް. ވަރިވެގެން ދަރިންގެ ޙަރަދުވެސް ހޯދަން މިޖެހެނީ ސަލާމް ޖަހަމުން ދުވަން. ދަރިންގެ ޙަރަދު ނުދެވޭ ތާނގަ މުދާ ބަހަން ވީމަ ޖެއްސޭނެ މައްސަލައެއް ނެތެއްނު.

ލަގަން

ވަރިވުމުން އިއްދައިގެ ހަރަދު ހޯދާ އަންހެނުން ވަރަށް ގިނަ ، ރާއްޖޭގައި ދެމީހަކު ވަރިވާއިރަކު މާގިނަ މުދަލެއް ނުހުރޭ ދިޔާނާ މެން އަތުގައި ހުއްޓަސް އެހެން މީހުން ވަކިވަނީ ވެސް ފަޤީރުވެގެން ދަރަނިވެރި ވެގެން !

ތަކުރު

މި ގައުމަކީ ދުނިޔޭގެ ނިސްބަތުން އެންމެ ވަރިގިނަ ގައުމެވެ. އަދިވެސް ދިޔާނާ ތިއުޅެނީ މިގައުމުގައި ވަރިކުރާލެއް މަދުވެގެންތޯ ؟ ދިޔާނާއަށް ނޭގުނަސް އަންހެނުންނަ ވެސް ކޯޓު މެދުވެރިކޮށް ވަރިކުރުމުގެ ހައްގު އޮވޭނޫންތޯ ؟ މިވަރު ކަމުނުދަނީ ތޯ ؟ އިންނަވީމާ ވެސް ކޯޓުން ނޫންތޯ ކައިވެނި ކޮއްދެނީ ؟ ކޮންމެ ކަމެއްގައި ވެސް އުސްލޫތަކާއި ހަމަތަށް އޮންނާނެއެވެ. އެހެނަސް ފިރިހެނުން ދަރީން ނުވިހާއޭ ކިޔާފައި އެ ހައްގު ހޯދަށް މަސްކަތްވެސް ކުރަންވީންނޫންތޯ ؟

މަރިޔާދު

ޝުކުރިއްޔާ ދިޔާނާ
އެހީ ބޭނުންވޭ ވަރަށް ބޮޑަށް.
ދިޔާނާ އާ ގުޅޭނީ ކިހިނެއްތޯ

ޕްލީސް

ޕްލީސް ދިޔާނާގެ ނަމްބަރ ލިބޭނެ ގޮތެއް ހަދާދީބަ.