Selfie eh nagan huttaa Arnoldah meehaku hamalaa dheefi
image
"އާނޯލްޑް ކްލެސިކް އެފްރިކާ ސްޕޯޓިން" އިވެންޓުގައި ބައިވެރިވުމަށް އާނޯލްޑް ދެކުނު އެފްރިކާގައި---ފޮޓޯ:އޭއެފްޕީ
0 ކޮމެންޓް
 

ސެލްފީއެއް ނަގަން ހުއްޓާ އާނޯލްޑަށް މީހަކު ހަމަލާ ދީފި

"އާނޯލްޑް ކްލެސިކް އެފްރިކާ ސްޕޯޓިން" އިވެންޓުގެ ތެރެއިން ހޮލީވުޑްގެ މަޝްހޫރު ތަރި އާނޯލްޑް ޝްވަސްނެގާއަށް މީހަކު ހަމަލާ ދީފިއެވެ.
ދެކުނު އެފްރިކާގައި މިހާރު ކުރިއަށްދާ "އާނޯލްޑް ކްލެސިކް އެފްރިކާ ސްޕޯޓިން" އިވެންޓުގެ ތެރެއިން އުމުރުން 71 އަހަރުގެ އާނޯލްޑަށް ހަމަލާދީފައިވަނީ އެ އިވެންޓު ފެށުމުގެ ރަސްމިއްޔާތަށްފަހު ސަޕޯޓަރުންތަކަކާއެކު ސެލްފީއެއް ނަގަން އުޅެނިކޮށް ފަހަތުންނެވެ.

އާނޯލްޑް ސެލްފީ ނަގަން ހުއްޓާ ފަހަތުން އައިސް އެމީހާ ފުންމައިގެން ގޮސް ފައިން އާނޯލްޑްގެ ގައިގައި ޖަހާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ކެލިފޯނިއާގެ ގަވަރުނަރުކަން ވެސް ކުރިން ކޮށްފައިވާ އާނޯލްޑަށް ހަމަލާ ދިނުމާއެކު އާނޯލްޑްގެ ސެކިއުރިޓީން ވަނީ އެމީހާ ހިފަހައްޓާފައެވެ.

އާނޯލްޑަށް ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯ ދައުރުވަމުންދާ އިރު އާނޯލްޑް ވަނީ އޭނާއަށް ހަމަލާދިން މީހާއަށް ސަމާލުކަން ނުދިނުމަށާއި އޭނާ ގަދަވެ ހެޔޮ ހާލުގައި ހުރި ކަމަށް ޓްވިޓަ މެދުވެރިކޮށް އޭނާގެ ސަޕޯޓަރުންގެ ކިބައިން އެދިފައެވެ.
ހިޔާލު