Mas market: Kandumas kilo eh 30 Rufiyaa ah, bodu raiy maheh 300 Rufiyaa ah
image
މިއަދު މަސްމާރުކޭޓުގައި ވިއްކަންހުރި ފަރުމަސްތަކެއް ---
0 ކޮމެންޓް
 

މަސް މާރުކޭޓް: ކަނޑުމަސް ކިލޯއެއް 30ރ އަށް، ބޮޑު ރަތްމަހެއް 300ރ އަށް

މަސް މާރުކޭޓްގެ މިއަދުގެ އަގުތަކަށް ބަލާއިރުވެސް މި ރޯދަމަހުގެ އެހެން ދުވަސް ދުވަހާ އަޅާބަލާއިރު، މާބޮޑު ތަފާތެއް ނެތް ނަމަވެސް ފަރުމަސް ތިޔާގިވެފައި، އަގުތަށް ކޮންމެ ވެސް ވަރަކަށް ހެޔޮވެފައިވާކަން ފާހަގަ ކުރެވެއެވެ.
މި ރޯދަމަސް ދެބައިވާއިރު، މަސްމާރުކޭޓުގައި، ކަޅުބިލަމަހާއި (ކަނޑުމަސް)، ކަންނެލީގެ އަގުތަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. މިއަދުވެސް ކަނޑުމަސް ކިލޯއެއް 30ރ އަށް ލިބޭއިރު ކަންނެލި ކިލޯއެއް 30ރ އާއި 35ރ އަށް ލިބެއެވެ.

މި ރޯދަމަހު މިހާތަނަށް މަސް މާރުކޭޓުގައި ކަނޑުމަސް ކިލޯއެއް ވިއްކާފައިވަނީ 30ރ އާއި 35ރ އަށެވެ. ކަންނެލި ކިލޯއެއް 30ރ އާއި 40ރ އަށް ވިއްކާފައި ވެއެވެ.

މަސްމާރުކޭޓުގައި ކަނޑުމަހާއި ކަންނެލި، އެވްރެޖްކޮށް ކިލޯއެއް އުޅެނީ 35ރ އަށެވެ. މި ރޯދަމަހު ކަނޑުމަހަށްވުރެ ކަންނެލީގެ އަގު ބޮޑެވެ. އާންމުކޮށް، ކަނޑުމަހަކީ ކަންނެއްޔަށްވުރެ އަގު ބޮޑުކޮށް ވިއްކާ މަހެކެވެ.

ނަމަވެސް މި ރޯދަމަހު މާރުކޭޓުގައި ކަނޑުމަހަށްވުރެ ކަންނެލި ކިލޯއަކުން 5ރ ބޮޑެވެ. ބައެއް ދުވަސް ދުވަހު ކަނޑުމަހާއި ކަންނެލި އެއް އަގެއްގައި ވެސް ވިއްކާފައި ވެއެވެ.

ގިނަ ރޯދަމަސްމަހު ކަނޑުމަހާއި ފަރުމަހުގެ އަގުތައް ވަރަށް ބޮޑަށް ތަފާތުވެ، ވަރަށް ބޮޑަށް އަގުތައް އުފުލޭތަން ފެނެއެވެ. ނަމަވެސް މިރޯދަމަހު މަހުގެ ބާވަތްތައް އެއް އަގެއްގައި ވަނީ ހިފެހެއްޓިފަ އެވެ.

މިއަދު ފަރުމަހުގެ އަގުތަކަށް ބަލާއިރު، އެންމެ އަގުބޮޑުކޮށްހުރީ ބޮޑެތި ރަތް މަހެވެ. ބޮޑު ރަތްމަހެއް 400ރ އަށް ލިބޭއިރު، އާދައިގެ ވަރެއްގެ ރަތްމަހެއް 100ރ އާއި 300ރ އާދެމެދުގެ އަގުތަކުގައި ލިބެއެވެ. ބޮޑު ފިލޮޅެއް 200ރ އަށެވެ.

ފިލޮޅާއި ގިޔުޅު 50ރ އާއި 200ރ އާދެމެދުގެ އަގުތަކުގައި ލިބޭއިރު މާނިޔާ މަހާއި އެކިވައްތަރުގެ ފަރުމަސް 30ރ އާއި 100ރ އާމެދުގެ އަގުތަކުގައި ލިބެން އެބަހުއްޓެވެ.
ހިޔާލު