"All Party Talks" maadhama rey fashanee
image
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

"އޯލް ޕާޓީ ޓޯކްސް" މާދަމާ ރޭ ފަށަނީ

އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާ "އޯލް ޕާޓީ ޓޯކްސް" މާދަމާ ރޭ ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާދަމާ ރޭ 09:30 ގައި މަޝްވަރާތައް ފެށުމުގެ ބައްދަލުވުން ކުރިއަށް ގެންދާނޭކަމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވުމަށް ސިޔާސީ ޕާޓީތަކަށާއި، އެކި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ކަމާއި ގުޅުންހުރި ފަރާތްތަކަށް ދައުވަތު އަރުވާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މައިގަނޑު ގޮތެއްގައި މި ބައްދަލުވުންތަކުގެ ބޭނުމަކަށް ވާނީ ކަމާއި ގުޅުންހުރި ޤާނޫނުތަކަށް އިސްލާހު ގެނައުން ކަމަށެވެ.

"މާދަމާ ރޭގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ މި ބައްދަލުވުންތައް ފެއްޓުމާއި ކުރިއަށް ގެންދާނޭ ގޮތެއް ނިންމުން. މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާހު ގެނައުމާއި ގުޅޭގޮތުން. އަޅުގަނޑުމެން ދެކޭ ގޮތުގައި ސިޔާސީ ޕާޓީތައް ބާރުވެރިކޮށް ޒިންމާދާރު ކުރުވުމަށް ޤާނޫނަށް އިސްލާހު އަންނަން ޖެހޭ،" އަކްރަމް ވިދާޅުވިއެވެ.

ސިޔާސީ ޕާޓިތަކާއި ކަމާއި ގުޅުންހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާ ބައްދަލުވުންތައް ފެށުމަށް ނިންމާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ ހުރިހާ ޕާޓިތަކުން މި ބައްދަލުވުންތަކުގައި ބަވައިވެރިވުމަށް އެދިވަޑައިގެންފައެވެ.
ހިޔާލު

އަހުމަދު

އަންހެނުން. ބައިވެރި. ކުރައްވާ.... ކޮން އޯލްޕާރޓީއެއް ޕާރޓީތަކަށްމީހުންނަށްނޭގި ވެއްދިގޮތް އޮޅުންފިލުވަބަލަ...