Maamigili airport ge bin ithuru kuranee
image
މާމިގިލި އެއާޕޯޓަށް އިތުރު ކުރާ ސަރަހައްދު -- ފޮޓޯ: ސޯޝަލް މީޑިއާ
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

މާމިގިލީ އެއާޕޯޓުގެ ބިން އިތުރުކުރަނީ

އދ. މާމިގިލީ އެއާޕޯޓުގެ ބިން އިތުރުކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ.
ވިލާ ކުންފުނިން މާމިގިލީގައި ހިންގާ ވިލާ އިންޓަނޭޝަނަލް އެއާޕޯޓަށް އެރަށުން ބޮޑު ސަރަހައްދެއް އިތުރު ކުރުމަށް އެރަށު ކައުންސިލުން ވަނީ ނިންމާފަ އެވެ.

އެގޮތުން އިތުރު ކުރުމަށް ނިންމާފައިވަނީ ރަށުގެ އިރު ދެކުނުން 34،228 އަކަފޫޓްގެ ބިމެއް ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.



ބިން އިތުރު ކުރުމަށް ވިލާ ކުންފުނިން އެދުމާއި ގުޅިގެން އެރަށު ކައުންސިލުން ޕްލޭނިން މިނިސްޓްރީގެ ލަފާ ހޯދާފައިވާއިރު އެ ބިން ވިލާ ކުންފުންޏަށް ދޫކުރަނީ ކޮން އަގެއްގައި ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅޭ ގޮތުން މާމިގިލީ ކައުންސިލުގެ ޒިންމާދާރު ވެރިޔާއަށް ސީއެންއެމް އިން ގުޅުމުން ވިދާޅުވީ "މިވަގުތު މައުލޫމާތު ދެވެން ނެތް" ކަމަށެވެ. އަދި ކައުންސިލްގެ މެންބަރުން ވެސް ކޮމެންޓެއް ދީފައެއް ނުވެ އެވެ.
މާމިގިލީ އެއާޕޯޓު
ހިޔާލު

ދެރަ

މާމިގިލިން ޢޭނައަށް ހިލޭ ސާބަހަށް ބިން ދޭކަންޏުޖެހޭ. މިނިސްޓްރީން މިކަން ބަލާ އެއްކޮށް ފައްސާލާ މިރަށުން