Economic minister ge naibu ge magaamah beyfulhaku ayyanu kuravvaifi
image
ރައީސް އޮފީސް---ފޮޓޯ:އެޓޯލް ނިއުސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އިކޮނޮމިކް މިނިސްޓަރުގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފި

އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރުގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރުގެ ނައިބުގެ މަގާމަށް އައްޔަނު ކޮށްފައިވަނީ މައްޗަންގޮޅީ އެރިޒޯނާ މަރްޔަމް ނާޒިމާއެވެ.

މަރްޔަމް ނާޒިމާ އަކީ މީގެ ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން ނާޒިމާ ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތް އެންޑް ސްޕޯޓްސްގެ އެސިސްޓަންޓް ޑިރެކްޓަ ޖެނެރަލްގެ މަގާމާއި، މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަން އެމްޕްލޯއީމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ ޑެޕިއުޓީ ޑިރެކްޓަގެ މަގާމު ވެސް ހިމެނެއެވެ.

މަރްޔަމް ނާޒިމާ ވަނީ އިންޑިޔާގެ ނިއު ދިއްލީއިން މާސްޓަސް އިން ހިއުމަން ރިސޯސަސް ޕްލޭނިންގް އެންޑް ޑިވެލޮޕްމަންޓް ހާސިލު ކުރައްވައި، އޮސްޓްރޭލިއާއިން ބެޗެލަ އޮފް ކޮމަސް އިން ހިއުމަން ރިސޯސަސް މެނޭޖްމަންޓް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް ހާސިލްކުރައްވާފައެވެ.
ހިޔާލު