"Siyaasee gothun" hadhaa dhogu vaanee dhogakah, dhogu veri ehge heki bas gabooleh nukureveyne: Faiz
image
ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެން -- ފައިލް ފޮޓޯ
ސާޔާ އަހްމަދު
4 ކޮމެންޓް
 

"ސިޔާސީ ގޮތުން" ވިޔަސް ދޮގު ވާނީ ދޮގަކަށް، ދޮގުވެރިއެއްގެ ހެކިބަސް ގަބޫލެއް ނުކުރެވޭނެ: ފާއިޒު

"ސިޔާސީ ގޮތުން" ވިޔަސް އަދި އެ ނޫން ގޮތަކަށް ވެސް ދޮގު ވާނީ ދޮގަކަށް ކަމަށާއި، ދޮގުވެރިއެއްގެ ހެކިބަސް އިސްލާމީ ޝަރީއަތުގައި ގަބޫލު ނުކުރެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެން ވިދާޅުވެއްޖެ އެވެ.
ފާއިޒް އެހެން ވިދާޅުވިއިރު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކުރުމުން ވަނީ ދޮގު ހެއްދެވި ކަމަށް އެއްބަސްވެވަޑައިގެންފަ
އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެދެބޭފުޅުން ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ފައިސާއާ ގުޅޭ ވާހަކަތަކެއް ދައްކަވާފަ އެވެ.

އެގޮތުން އާރިފް ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބުނު ކަމަށެވެ. އަދި އަދުރޭ ވިދާޅުވީ ހިޔާނާތުގެ ފައިސާ ލިބުނު އެމްޑީޕީގެ މެމްބަރުން އެނގިވަޑައިގަންވާ ކަމަށެވެ. އެކަމަކު އޭސީސީއަށް ހާޒިރުކުރުމުން އެ ދެ ބޭފުޅުން ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް "ސިޔާސީ" ވާހަކަ ކަމަށެވެ.

އެކަމާ ގުޅޭ ހަބަރެއް ޓެގް ކުރުމަށްފަހު ފާއިޒް އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ "ސިޔާސީ ގޮތުން ވިޔަސް، އެ ނޫން ގޮތަކަށް ވިޔަސް ދޮގު ވާނީ ދޮގަށް" ކަމަށެވެ.

"އިސްލާމީ ޝަރީއަތުގައި ދޮގުވެރިއެއްގެ ހެކި ބަހެއް ގަބޫލެއް ނުކުރެވޭ ނެތެވެ. އެބައެއްގެ ކިބައިން ތެދުހެދުމުގެ ސިފަ ގެއްލިއްޖެ ބަޔަކަށްވުރެ ނިކަމެތި ބަަޔަކު މުޖްތަމައުގައި ނުތިބޭނެ އެވެ. ޤައުމުގެ ރައްޔިތުންނަށް އަޑު އިއްވައި ދޮގުހަދާ މީހާ އަށްވުރެ ބޮޑު ދޮގުވެރިޔަކު ހުންނާނެތޯ؟،" ފާއިޒުގެ ޕޯސްޓުގައި ވެއެވެ.


އަދުރޭ އާއި އާރިފް ދޮގު ހެއްދެވީ "ސިޔާސީ ގޮތުން" ކަމަށް ވިދާޅުވުމާ ގުޅިގެން އިއްޔެ އޭސީސީން ނެރުނު ބަޔާނުގައި ވަނީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބޭ ފަރާތްތަކުން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކޮށް ސިޔާސީ ގޮތުން މަންފާ ހޯދުމަށް އަދި ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ނުދެއްކުމަށް އެދިފަ އެވެ.
ހިޔާލު

ާސާޓިނު

ކިހާ ތާހިރު ކަމެއް ދޭތި ދޮގުތަށް ހެދީ ރައްޔިތުނަށް އޮޅުވާލުމަށް މިވަރު ބަޔެއް މަޖިލިސް އަށް ކުރިމަތިލަނީ، ލަދުޙަޔާތުގެ ކަންފުޅެއްވެސް ނުހައްދަވަާ ދޭތި

ކިޔު5

ސުޕްރީމް ކޯޓުގެ ކުރީގެ ފަޑިޔާރަކާއި ކުރީގެ އުއްތަމަ ފަނޑިޔާރުގެ މެލޭޝިޔާ އެކައުންޓަކަށް 15 މިލިއަން ޑޮލަރު ޖަމާވިވާހަކައެއްވެސް ތިޔަ މީހަކު ޓީޥީ ގައި ބުނި. މީހުންގެ ބޮލުގައި ދޮގުއިލްޒާމް އަޅުވާފަ ﷲ ގެ ހަޟްރަތުން ސުވާލުކުރެވުމުން އެއީ ސިޔާސީވާހަކައެކޭ ބުނެ ސަލާމަތް ވެވޭނެ ބާ؟؟!!

ފައުޒީ

ފާއިޒޫ ވަރަށް ރަނގަޅުވީސް ޑރ. އަފްރާޝިމް މަރާލި މީހުން ތިމަންނައަށް އިނގޭއޭ ބުނި މީހައާ ދިމާލަށްވެސް ތިހެން ބުނިނަމަ. އޭރުން ފާއިޒުމެންގެ އިޚްލާސްތެރިކަން ހާމަވެގެން ދާނި.

އަމާނަތު

ތި ދެ މީހުންނަށްވެސް ޝަރީޢަތް ހިންގައި އަދަބު ދޭން ފެނޭ...