Raajjeyge cricket kurieruvumah India cricket boad ge team eh raajje athuvejje
image
0 ކޮމެންޓް
 

ދިވެހި ކުރިކެޓު ކުރިއެރުވުމަށް އިންޑިއާގެ ކްރިކެޓު ބޯޑުގެޓީމެއް ރާއްޖެ އަތުވެއްޖެ

ދިވެހިރާއްޖޭގެ ކްރިކެޓް ކުރިއެރުވުަމަށް ކުރެވެން ހުރި މަސައްކަތްތައް ބެލުމަށް އިންޑިއާގެ، ދަ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ، ބީސީސީއައި ގެ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.
ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލެއް ސީއެންއެމްއެމް އަށް ވިދާޅުވީ، މި ބޯޑުގެ ބޭފުޅުން ދިވެހިރާއްޖެއަށް ވަޑައިގަތީ އިންޑިއާއަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކުރެއްވި ދަތުރު ފުޅާއި ގުޅިގެން ކުރެވުނު މަޝްވަރާތަކުގެ މަތިން ދިވެހިރާއްޖޭގައި ކްރިކެޓު ކުރިއެރުމަށް ކުރެވެން ހުރި މަސައްކަތްތައް ބަލައި މަޝްވަރާކޮށް ދިރާސާ ކުރުމަށް ކަމަށެވެ.

"ކުރިކެޓު ކުޅެން އޮތް ދަނޑުތައްވެސް ޓީމުން ބައްލަވާނެ. އަދި ޓީމުތަކާއި ޕްރެކްޓިސް ކުރިއަށް ދާގޮތް ބަލައި އެކަން އިތުރައް ހަރުދަނާ ކުރަން ކެރެވެން ހުރި ކަންކަން ބަލައި މަޝްވަރާ ކުރާނެ،" އޮފިޝަލް ވިދާޅުވިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ އިންޑިއާގެ ކްރިކެޓް ބޯޑުގެ ދައުވަތަކަސް އިންޑިއާއަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ކުޅޭ ކްރިކެޓް މެޗެއް ބައްލަވާލެއްވިއެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ މަޝްހޫރު ދެ ކްރިކެޓު ކުޅުންތެރިން ކަމަށްވާ ވިރާޓް ކޯލީ އާއި މަހެންދަރު ސިންގް ދޯނީ ސޮއިކޮށް ކްރިކެޓު ބެޓަކާއި ޖާޒީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވަނީ ހަދިޔާ ކުރައްވާފައެވެ.
ހިޔާލު