Dhunfathuge isthiumaal kuri 19 faraatheh, adhi kuni elhi 17 faraatheh joorimana koffi
image
މީގެކުރިން މަގުމައްޗަށް ކުނިއަޅާފައި: ފޮޓޯ އީޕީއޭ
އަހުމަދު
0 ކޮމެންޓް
 

ދުންފަތުގެ އިސްތިއުމާލުކުރި 19 ފަރާތެއް، ކުނިއެޅި 17 ފަރާތެއް ޖޫރިމަނާކޮށްފި

މަނާ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރި 19 ފަރާތަކާއި ގަވާއިދާއި ހިލާފަށް މަގުތަކަށް ކުނިއެޅި 17 ފަރާތެއް ޖޫރިމަނާކޮށްފި އެވެ.
މިކަން ހާމަކޮށްފައިވަނީ އެންވަޔަރމަންޓް ޕޮލިހުގެ ހަފްތާ ފަތާސްހިސާބުގަ އެވެ. އެގޮތުން މި ފިޔަވަޅުތައް އަޅާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހާއި ހަމައަށްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މަނާ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރި 19 ފަރާތަކާއި ގަވާއިދާއި ހިލާފަށް މަގުތަކަށް ކުނިއެޅި 17 ފަރާތެއް ޖޫރިމަނާ ކުރިއިރު، މަގުތަކަށް ކުނިއެޅުމުގެ ތަފާތު މައްސަލަތައް ހައްލުކުރުމަށް ފުލުހުންވަނީ ފާއިތުވި ހަފްތާގައި ހަރަކާތްތެރި ވެފައެވެ.


ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގަވާއިދާއި ހިލާފަށް މަގުތަކަށް ކުނިއެޅި މައްސަލަތަޖުގައި ފުލުހުންވަނީ 23 ގެއަކާއި 26 ފިހާރައަކާއި 10 ކެފޭ ރެސްޓޯރަންޓާއި ދެ އޮފީހަކަށް ވަދެފައެވެ.

އޭގެތެރެއިން 61 އެއް މައްސަލަ ހައްލު ކުރެވިފައިވާއިރު 14 މައްސަލައެއް މިދިޔަ ހަފްތާގައި ހައްލުކުރެވިފައި ނުވާކަމަށްވެސް އެންވަޔަރމަންޓް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ކުނީގެ މައްސަލަތަކުގައި 72 ފަރާތަކަށް އަނގަބަހުން ނަސޭހަތް ދެވިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މާލޭ ސިޓީ ފުލުހުން
ހިޔާލު