Market agu thah: Lettuce ge agu dhe guna thirive, 50 Rufiyaa ah kilo eh
image
ލޯކަލް މާރުކޭޓް
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

މާރުކޭޓު އަގުތައް: ލެޓިއުސްގެ އަގު 50ރ އަށް ވެއްޓިއްޖެ

މިއަހަރުގެ ރޯދަމަސް ދެބައިވީއިރު، ބާޒާރުގެ އަގުތަށް އެއްވަރެއްގައި ހުރި ނަމަވެސް، ކުރިން އަގު ބޮޑުކޮށް ވިއްކި ބައެއް ތަކެތި ވަރަށް ބޮޑުތަނުން އަގުހެޔޮ ވެއްޖެ އެވެ.
ބާޒާރުގެ މިއަދުގެ އަގުތަކަށް ބާލާއިރު، އެންމެ ފާހަގަ ކޮށްލެވެނީ، ލެޓިއުސްގެ އަގެވެ. ރޯދަމަސް ފެށުނުއިރު، ލެޓިއުސް ކިލޯއެއް 150ރ އާއި 120ރ އާ ދޭތެރޭގައި ހުރިނަމަވެސް އަގު ދަށްވަމުން ގޮސް މިއަދު ލެޓިއުސް ކިލޯއެއް 50ރ ލިބެއެވެ.

މިރޯދަމަހުގެ ފުރަތަމަ ދުވަހު ކަނޑޫދޫ މިރުސް، 100 ގްރާމް ވިއްކީ 100ރ އަށެވެ. ނަމަވެސް ޖެހިގެންއައި ދުވަސް ރާއްޖެއިން ބޭރުން މިރުސް އެތެރެކުރުމުން އަގު ވަނީ ހެޔޮވެފަ އެވެ. މިއަދު ކަނޑޫދޫ މިރުސް، 100 ގްރާމް 45ރ އަށް ވެސް ލިބެއެވެ. އަދި ބޭރު ގައުމުތަކުން އެތެރެކޮށްފައިވާ މިރުހާއި ދިވެހި އެހެން ރަށްތަކުން ގެނެސްގެން ވިއްކާ މިރުސް 100 ގްރާމް 15ރ އަށް ވެސް ލިބެން އެބަހުއްޓެވެ.

މީގެ އިތުރުން ކަރަލާއި ފަޅޮލުގެ އަގުތަށް ވެސް މިރޯދަ މަހުގެ ފުރަތަމަ ދުވަސްކޮޅު ތަންކޮޅެއް އަގުބޮޑުވި ނަމަވެސް މިއަދު ކަރަލާއި ފަޅޮލުގެ އަގުވެސް ވަނީ ދަށަށް ގޮސްފަ އެވެ.

ތަރުކާރީ އާއި މޭވާ، ފަލަމަޑީގެ ބާތްތަކާއި ފަތުގެ ބާވަތްތަކުގެ އަގުތަކުގައި މި ރޯދަ މަހުގެ އެހެން ދުވަސްތަކެކޭ ތަފާތެއް ނެތެވެ.

މިއަދު މާރުކޭޓުގައި ކަރާ ކިލޯއެއް 20ރ އާއި 25ރ އަށް ވިއްކާއިރު، ފަޅޯ ކިލޯއެއް އުޅެނީ 30ރ އާއި 35ރ އަށެވެ. ނަމަވެސް ދިވެހި ފަޅޯ ކިލޯއެއް 15ރ އަށް ލިބެއެވެ. 30ރ އަށް ވިއްކަނީ އިޒްރޭލް ފަޅޮލެވެ.

މި ރޯދަމަހު ތަކެތީގެ އަގުތަކުގައި، އެއްދުވަހުން އަނެއް ދުވަހަށް ބަލާއިރު، މާބޮޑު ތަފާތެއް ނުފެނެ އެވެ. އަގުތައް ބޮޑުވެގެން ނުވަތަ ހެޔޮވެގެން އުޅެނީ 5ރ ގެ ތަފާތެކެވެ.

މި ރޯދަމަސް ދެބައިވާންދާއިރު، ބާޒާރުމަތި ވަރަށް ހަލަބޮލިކަން ފާހަގަ ކުރެވެއެވެ. އަދި ރަށްތަކުން ގެންނަ ތަރުކާރީ އާއި މޭވާގެ ބާވަތްތައް މާބޮޑު ތާށިކަމެއް ނެތި، މާރުކޭޓާ ހަމައަށް ގެނެވި، ތަކެތީގެ އަގުތައް ދާދި އެއްވަރެއްގައި ހިފެހިއްޓިފައިވެއެވެ.

ބާޒާރުގައި ތަކެތީގެ އަގުތައް

މިރުސް، 100 ގްރާމް: 15ރ-55ރ އަށް
ކަރާ ކިލޯއެއް: 20ރ އާއި 25ރ އަށް
ޓޮމާޓޯ ކިލޯއެއް: 50ރ-55ރ އަށް
ބަރަބޯ ކިލޯއެއް: 25ރ-50ރ އަށް
ކިއުކަންބާ ކިލޯއެއް: 20ރ-30ރ އަށް
ލެޓިއުސް ކިލޯއެއް: 70ރ އާއި 50ރ އަށް
4 ފަތުގެ ކޮޕީފަތް ބޮނޑިއެއް: 10ރ އަށް
ކުއްޅަފިލާފަތް ބޮނޑިއެއް: 10ރ އަށް
ލުނބޯ ކިލޯއެއް: 35ރ-40ރ އަށް
ފަޅޯ ކިލޯއެއް: 30ރ އަށް
ޕެޝަންފުރުޓް ކިލޯއެއް: 85ރ އަށް
ފޭރު ކިލޯއެއް: 70ރ އަށް
އަނބު ކިލޯއެއް: 70ރ-90ރ އަށް
އަލަނާސި ގަނޑެއް: 30ރ-45ރ އަށް
ދޮންކެޔޮ ވަކެއް: 4ރ-6ރ އަށް
ކެރެޓް ކިލޯއެއް: 20ރ އަށް
ކެބޭޖް ކިލޯއެއް: 40ރ- 50ރ އަށް
ބީންސް ކިލޯއެއް: 45ރ- 55ރ އަށް
އަލުވި ކިލޯއެއް: 16ރ އަށް
ފިޔާ ކިލޯއެއް: 10ރ- 15ރ އަށް
ބަނބުކެޔޮ: 50ރ-85ރ އަށް
ބަށި ކިލޯއެއް: 45ރ އަށް
ބިސް ކޭހެއް: 380ރ އަށް
ކާއްޓެއް: 5ރ- 15ރ އަށް
ކުނރުބަލެއް: 25ރ-35ރ އަށް
ހިޔާލު