Finifenma launch gohvaali mahsalaige jalu hukumun Adheeb aai body guardun salaamaiy vejje
image
އަދީބު: ފޮޓޯ އަވަސް
1 ކޮމެންޓް
 

ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލައިގެ ޖަލުހުކުމުން އަދީބާއި ބޮޑީގާޑުން ސަލާމަތްވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންނަވަނިކޮށް ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭނާގެ ދެ ބޮޑީގާޑުންގެ މައްޗަށް ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން ދިން 15 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޙުކުމް ބާތިލްކޮށް، މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓަށް އަމުރު ކޮށްފަ އެވެ.

ރިޔާސީ ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ދެ ބޮޑީގާޑުން ޖަލަށް ލުމަށް ހުކުމް ކުރީ 10 އަހަރަށެވެ. ދެ ބޮޑީގާޑުން ކަމަށްވާ އަހްމަދު އާމިރު އާއި އަހްމަދު ރިކާޒް ވަގުތީ ގޮތުން ގޭ ބަންދަށް މިއަހަރު ކުރީ ކޮޅު ވަނީ ބަދަލުކޮށްފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލުމަށް ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ ހިނގިއިރު އަލިފާން ނުފެންނަ ކަމަށް ބުނެ ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ވަނީ ވާހަކަ ދައްކަވާފައެވެ. އަދި އެވާހަކަ ތަކާއި ގުޅިގެން އެކަން އަލުން ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލާ މަޝްވަރާ ކުރައްވާނެ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

ހިޔާލު

އަހުމަދު

ތިޔަހެން ދޫވަމުންގޮސް އަދީބު އެއްވެސް ކުށެއްނުކުރާކަމަށް ނުނިންމާފިނަމަ ރަގަޅު. ދައުލަތުގެ ބައިތުލްމާލު ހުސްކޮށްލީމަވެސް ހަމަ އޯކޭވިއްޔަ..