Adhaalathaai DRP RF 50,000 in, PPM RF 20,000 in joorimanaakohfi
image
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.
0 ކޮމެންޓް
 

އަދާލަތާއި ޑީއާރުޕީ 50،000ރ. އިން، ޕީޕީއެމް 20،000ރ. އިން ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭ މުއްދަތުގައި ހުށަހަޅާފައި ނުވާތީ އަދާލަތު ޕާޓީ އާއި ޑީއާރުޕީ 50،000ރ. އިން ޖޫރިމަނާ ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.
އީސީން ބުނީ އަދާލަތާއި ޑީއާރުޕީން އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވުމުން އެ ދެ ޕާޓީ ޖޫރިމަނާ ކުރާއިރު، ޕީޕީއެމް ޖޫރިމަނާ ކުރަން ނިންމާފައި ވަނީ އެ ޕާޓީން ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފަށް ފައިސާގެ ކަންކަން ބަލަހައްޓާފައިވާ ކަމަށް އެ ޕާޓީގެ އޮޑިޓް ރިޕޯޓްގައި ބުނެފައި އޮތުމުން ކަމަށެވެ.

އެގޮތުން ގާނޫނާ ހިލާފަށް ފައިސާގެ ކަންކަން ބެލެހެއްޓުމުން ޕީޕީއެމް 20،000ރ. އިން ޖޫރިމަނާ ކުރަން އީސީން މިއަދު ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން އެ ޕާޓީގެ ފައިސާގެ ކަންކަން ބަލަހައްޓާ ފަރާތް 5،000ރ. އިން ޖޫރިމަނާ ކުރުމަށް ވެސް އީސީން ނިންމައިފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ކޮންމެ އަހަރެއް ވެސް ނިމުމުން، އެ އަހަރެއްގައި ހިންގި ހަރަކާތްތަކާއި، ލިބުނު ފައިސާ އާއި އެ ފައިސާ ހަރަދު ކުރި ގޮތުގެ ތަފްސީލް ރިޕޯޓެއް ޖެހިގެން އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އީސީ އަށް ހުށަހަޅަން ޖެހެ އެވެ.
ހިޔާލު