Mihaaru 10000 Membarun hamavani 2 party ehgai ekani
image
އީސީގެ ބައެއް މެމްބަރު: ފޮޓޯ އީސީ
އަހުމަދު
0 ކޮމެންޓް
 

މިހާރު ދިހަ ހާސް މެމްބަރުން ހަމަވަނީ ދެޕާޓީއެއްގައި އެކަނި

އިލެކްޝަންސް ކޮމިޝަނަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ފޯމްތައް ޕްރޮސެސްކޮށް ނިމުނުއިރު ދިހަ ހާސް މެމްބަރުން ހަމަވަނީ ދެ ސިޔާސީ ޕާޓީއެއްގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމަށް މިރޭ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ދިހަ ހާސް މެމްބަރުން ހަމަވަނީ މިހާރު އެމްޑީޕީއާއި ޕީޕީއެމްގައި އެކަނި ކަމުގައެވެ.

އެގޮތުން އެމްޑީޕީގައި 54،302 މެމްބަރުން ތިބިއިރު ޕީޕީއެމްގައި ތިބީ 38،020 މެމްބަރުން ކަމަށް ޝަރީފް ވިދާޅުވިއެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބުނާގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ ދިހަ ހާސް މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. ނަމަވެސް މިއަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރިއިރު ދިހަ ހާސް މެމްބަރުން ހަމަވާ ހަތަރު ޕާޓީ އޮތްކަމަށާއި އެޕާޓީތަކަށް ފައިސާ ދޭނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެޕާޓީތަކަކީ އެމްޑީޕީއާއި ޕީޕީއެމްގެ އިތުރުން ޖޭޕީ އަދި އެމްޑީއޭ އެވެ. ރާއްޖޭގައި މިވަގުތު ރަޖިސްޓްރީކޮށްގެން ނުވަ ސިޔާސީ ޕާޓީއެއް ހިންގައެވެ.

ދިހަ ހާސް މެމްބަރުން ހަމަނުވާ ޕާޓީތަކުގެ ތެރެއިން ޑީއާރުޕީގައި 2،870 މެމްބަރުން، އަދާލަތު ޕާޓީގައި 6،253 މެމްބަރުން، ޖުމްހޫރީ ޕާޓީގައި 9،335 މެމްބަރުން، އެމްޑީއޭގައި 8،712 މެމްބަރުން،، ލޭބަރ ޕާޓީގައި 2،686މެމްބަރުން، އެމްޓީޑީގައި 3،675 މެމްބަރުން، އަދި ޕީއެންސީގައި 3084 މެމްބަރުން ތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އީސީ ސިޔާސީ ޕާޓީ
ހިޔާލު