Maldives Volleyball Veterans ge honorary membarukan Raees Solih ah
image
ރައީސް ސޯލިހަށް މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ އޮނަރަރީ މެންބަރުކަން އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

މޯލްޑިވްސް ވޮލީބޯލް ވެޓެރަންސްގެ އޮނޮރަރީ މެމްބަރުކަން ރައީސް ސޯލިހަށް

"މޯލްޑިވްސް ވޮލީބޯލް ވެޓަރަންސް" ގެ އޮނަރަރީ މެންބަރުކަން ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙަށް އަރުވައިފިއެވެ.
ރައީސް ސޯލިހަށް މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ އޮނަރަރީ މެންބަރުކަން އަރުވާފައި ވަނީ މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ މެންބަރުންނާއެކު ރައީސް އޮފީހުގައި އިއްޔެ މެންދުރުފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

އެ ބައްދަލުވުކުރެއްވުމުގައި މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ ފަރާތުން، ކުޅިވަރުގެ ދާއިރާއިން ކުރިޔަށްގެންދިއުމަށް ރާވާފައިވާ ބައެއް ޕްރޮގްރާމުތަކާ ބެހޭ މަޢުލޫމާތު ރައީސާ ހިއްސާ ކުރެއްވިއެވެ.

އަދި ވޮލީގެ ދާއިރާއާ ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާއިން ބޭނުންވާ ބައެއް ކަންކަން ވޮލީބޯލް ވެޓަރަންސްގެ ފަރާތުން ރައީސަށް ހުށަހެޅުއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކުޅިވަރުގެ ދާއިރާއިން ސަރުކާރުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫޢުތަކާއި ޕްރޮގްރާމުތަކުގެ މަޢުލޫމާތު މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ މެންބަރުންނާއި ހިއްސާ ކުރެއްވިއެވެ.
ހިޔާލު