Market agu thah: Karaa ginave, kilo eh 20 Rufiyaa inn dhashugai
image
މިއަދު ލޯކަލް މާރުކޭޓްގެ ގޮޅިއެއްގައި ދެ މީހަކު ތަކެތި ވިއްކުމަށް ހަރަކާތްތެރިވަނީ -- ފޮޓޯ: ސީއެންއެމް
0 ކޮމެންޓް
 

މާރުކޭޓު އަގުތައް: ކަރާ ގިނަވެ، ކިލޯއެއް 20ރ އިން ދަށުގައި

ލޯކަލް މާރުކޭޓްގައި ކަރާ ގިނަވެ، ކަރާ ކިލޯއެއްގެ އަގު 20ރ އަށް ވެއްޓިއްޖެ އެވެ.
މި ރޯދަ މަހުގެ ފުރަތަމަ 15 ދުވަސް ނިމުނުއިރު، މާރުކޭޓްގައި މިއަދަށްވުރެ ކަރާ ތިޔާގިވި ދުވަހެއް ނާދެއެވެ. އަދި ކަރާ ކިލޯއެއް 20ރ އަށް ވިއްކާއިރު، ގިނައިން ނަގާނަމަ އެއަށްވުރެ އަގުހެޔޮކޮށް ލިބެއެވެ. މިރޯދަ މަހު އާއްމުކޮށް ކަރާ ކިލޯއެއް 25ރ އަށް ވިއްކި ނަމަވެސް ބައެއް ދުވަސް ދުވަހު 30ރ އާއި 35ރ އަށް ވެސް އަގު މައްޗަށް ގޮސްފައި ވެއެވެ.

މިއަދު ބާޒާރުގައި ފަޅޯ ކިލޯއެއް އުޅެނީ 40ރ އާއި 30ރ އާދެމެދުގަ އެވެ. ފަޅޯ ވެސް އާއްމުކޮށް ވިއްކާފައިވަނީ 20ރ އާއި 35ރ އާ ދެމެދުގެ އަގުތަކުގަ އެވެ. ނަމަވެސް މިއަދު މާރުކޭޓްގައި ފަޅޯ މަދުވެފައި ވާތީ ފަޅޮލުގެ އަގު މިވަނީ ކުޑަކޮށް މައްޗަށް ޖެހިލާފަ އެވެ.

މިއަހަރުގެ ރޯދަމަސް ދެބައިވީއިރު، ބާޒާރުގެ އަގުތަށް އެއްވަރެއްގައި ހުރި ނަމަވެސް، ކުރިން އަގު ބޮޑުކޮށް ވިއްކި ބައެއް ތަކެތި ވަރަށް ބޮޑު ތަނުން އަގުހެޔޮ ވެފައިވާކަން ފާހަގަކުރެވެ އެވެ.

މި ރޯދަ މަހު އަގުތަކުގައި އެންމެ ބޮޑު ތަފާތެއް އަންނަމުންދާ ލެޓިއުސް ކިލޯއެއް މިއަދު 75ރ އާއި 80ރ އަށް ލިބޭއިރު އިއްޔެ ލެޓިއުސް ކިލޯއެއް 50ރ އަށް ވިއްކާފައި ވެއެވެ. އަދި ރޯދަމަސް ފެށުނުއިރު، ލެޓިއުސް ކިލޯއެއް 150ރ އާއި 120ރ އާ ދޭތެރޭގެ އަގުތަކުގައި ވިއްކާފައި ވެއެވެ.

މިރޯދަމަހުގެ ފުރަތަމަ ދުވަހު ކަނޑޫދޫ މިރުސް، 100 ގްރާމް ވިއްކީ 100ރ އަށެވެ. ނަމަވެސް ޖެހިގެން އައި ދުވަސް ރާއްޖެއިން ބޭރުން މިރުސް އެތެރެ ކުރުމުން އަގު ވަނީ ހެޔޮވެފަ އެވެ. މިއަދު ކަނޑޫދޫ މިރުސް، 100 ގްރާމް 45ރ އަށް ވެސް ލިބެއެވެ. އަދި ބޭރު ގައުމުތަކުން އެތެރެކޮށްފައިވާ މިރުހާއި ދިވެހި އެހެން ރަށްތަކުން ގެނެސްގެން ވިއްކާ މިރުސް 100 ގްރާމް 15ރ އަށް ވެސް ލިބެން އެބަހުއްޓެވެ.

ތަރުކާރީ އާއި މޭވާ، ފަލަމަޑީގެ ބާތްތަކާއި ފަތުގެ ބާވަތްތަކުގެ އަގުތަކުގައި މި ރޯދަ މަހުގެ އެހެން ދުވަސްތަކެކޭ ތަފާތެއް ނެތެވެ.

ބާޒާރުގައި ތަކެތީގެ އަގުތައް

މިރުސް، 100 ގްރާމް: 15ރ-55ރ އަށް
ކަރާ ކިލޯއެއް: 20ރ އަށް
ޓޮމާޓޯ ކިލޯއެއް: 40ރ-45ރ އަށް
ބަރަބޯ ކިލޯއެއް: 25ރ-50ރ އަށް
ކިއުކަންބާ ކިލޯއެއް: 20ރ-30ރ އަށް
ލެޓިއުސް ކިލޯއެއް: 75ރ އާއި 80ރ އަށް
3 ފަތުގެ ކޮޕީފަތް ބޮނޑިއެއް: 10ރ އަށް
ކުއްޅަފިލާފަތް ބޮނޑިއެއް: 10ރ އަށް
ލުނބޯ ކިލޯއެއް: 35ރ-40ރ އަށް
ފަޅޯ ކިލޯއެއް: 30ރ އަށް
ޕެޝަންފުރުޓް ކިލޯއެއް: 85ރ އަށް
ފޭރު ކިލޯއެއް: 70ރ އަށް
އަނބު ކިލޯއެއް: 70ރ-90ރ އަށް
އަލަނާސި ގަނޑެއް: 30ރ-45ރ އަށް
ދޮންކެޔޮ ވަކެއް: 4ރ-6ރ އަށް
ކެރެޓް ކިލޯއެއް: 20ރ އަށް
ކެބޭޖް ކިލޯއެއް: 40ރ- 50ރ އަށް
ބީންސް ކިލޯއެއް: 45ރ- 55ރ އަށް
އަލުވި ކިލޯއެއް: 16ރ އަށް
ފިޔާ ކިލޯއެއް: 10ރ- 15ރ އަށް
ބަނބުކެޔޮ: 50ރ-85ރ އަށް
ބަށި ކިލޯއެއް: 45ރ އަށް
ބިސް ކޭހެއް: 380ރ އަށް
ކާއްޓެއް: 5ރ- 15ރ އަށް
ކުނރުބަލެއް: 25ރ-35ރ އަށް
ހިޔާލު