Reservun 162 million dollaru madhu vejje
image
އެމްއެމްއޭ -- ފައިލް ފޮޓޯ
0 ކޮމެންޓް
 

ރިޒާވުން 162 މިލިއަން ޑޮލަރު މަދުވެއްޖެ

މާޗް މަސް ނިމުނު އިރު ރިޒާވުން 162 މިލިއަން ޑޮލަރު މަދުވެފައިވާ ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުން ދައްކައިފިއެވެ.
އެމްއެމްއޭއިން ކޮންމެ މަހަކު ނެރެމުން އަންނަ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި، ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ ރިޒާވްގައި 938 މިލިއަން ޑޮލަރު ހުއްޓެވެ. އެކަމަކު މާޗް މަހުގައި ދައުލަތުގެ ރިޒާވްގައި ހުރިކަމަށް ދައްކާފައިވަނީ، 776.2 މިލިއަން ޑޮލަރެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ މަހުން ފެށިގެން މާޗް މަހާއި ހަމައަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވް ވެސް ވަނީ ދަށްވެފައެވެ. އެގޮތުން ޖެނުއަރީމަހު ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރި 317.9 މިލިއަން ޑޮލަރު މާޗް މަހު ވަނީ 251.8 މިލިއަން ޑޮލަރަށް ދަށްވެފައެވެ.
ހިޔާލު