Shah akee aharenge dhevana bappa: Ananya
image
ޝާހު އާއި އޭނާގެ ދަރިފުޅު ސުހާނާ އަދި އަނަންޔާ--
0 ކޮމެންޓް
 

ޝާހުއަކީ އަހަރެންގެ ދެވަނަ ބައްޕަ: އަނަންޔާ

ސްޓޫޑަންޓް އޮފް ދަ އިޔާ 2 އިން ބޮލީވުޑަށް ތައާރަފުވި އަނަންޔާ ޕާންޑޭ އާއި ބޮލީވުޑުގެ ބަތަލު ޝާހުރުކް ހާނުގެ އަންހެން ދަރިފުޅު ސުހާނާ ހާންއަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. ދެ ފަރާތުގެ އާއިލާއާ ވެސް ދެމީހުން އެހާ ގާތެވެ.
އުމުރުން 20 އަހަރުގެ އަނަންޔާ މިވަނީ ޝާހަކީ އޭނާގެ ދެވަނަ ބައްޕައެއް ފަދަ މީހެއް ކަމަށް ބުނެފައެވެ. ކުޑައިރު ވަރަށް ގިނައިން ޝާހުއާއެކު އުޅެފައިވާތީ ޝާހުއާއެކު އެތައް ހަނދާނެއް ހުންނަ ކަމަށް އަންނަޔާ ބުނެއެވެ.

އަނަންޔާއަކީ ފިލްމީ ތަރި ޗަންކީ ޕާންޑޭގެ ދަރިފުޅެވެ. އެހެންވެ ފިލްމީ އާއިލާތަކާއި ގާތް ގުޅުމެއް އޮތް ނަމަވެސް އޭނާ އެންމެ ގާތީ ސުހާނާގެ އިތުރުން ސަންޖޭ ކަޕޫރުގެ ދަރި ސަނާޔާ އާއެވެ. ސުހާނާ ބޮލީވުޑަށް ނުކުންނަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވާއިރު ސަނާޔާ މިވަނީ މިހާރު ބޮލީވުޑުގައި މަސައްކަތް ކުރަން ފަށާފައެވެ. އެކަމަކު އޭނާގެ ޝައުގުވެރިކަން ހުރީ ފިލްމުތަކުގައި އެކްޓުކުރުމަކަށް ނޫނެވެ. ފިލްމު އުފެއްދުމުގައި ހަރަކާތްތެރިވާށެވެ. އެގޮތުން މިހާރު އޭނާ އަންނަނީ ކާގިލް ހަނގުރާމަ ހިނގާދިޔަ ދުވަސްވަރު އިންޑިއަން އެއާ ފޯސްގައި މަސައްކަތްކުރަމުން އައި ހަމައެކަނި އަންހެން ޕައިލެޓް ގުންޖަން ސަކްސޭނާގެ ހަޔާތަށް ނެރޭ ފިލްމުގައި އެސިސްޓެންޓު ޕްރޮޑިއުސަރެއްގެ ގޮތުގައި މަަސައްކަތް ކުރަމުންނެވެ.

އެހެންކަމުން ސުހާނާ ބޮލީވުޑަށް ނިކުތުމާއެކު ތިން އެކުވެރިންގެ މެދުގައި ވާދަވެރިކަން ގަދަވާނެ ކަމަށް ބެލެވެއެވެ.

ފުރަތަމަ ފިލްމުގެ ކާމިޔާބަށް ފަހު އަނަންޔާ މިހާރު އަންނަނީ އޭނާގެ ދެވަނަ ފިލްމުގެ މަސައްކަތް ކުރަމުންނެވެ. އެއީ "ޕައްތީ ޕަތްނީ އޯރު ވޯ" އެވެ. އެފިލްމުގައި އަނަންޔާގެ އިތުރުން ކާތިކް އާރިޔަން އާއި ބޫމީ ފެޑްނެކާރު ފެނިގެންދާނެއެވެ.
ހިޔާލު