Beynun kurevey reserve 252 million ah dhahvejje
image
ފިނޭންސް: ރިޒާވް ދަށްވީ ކީއްވެގެން ކަމެއް ސާފެއް ނުވޭ.
0 ކޮމެންޓް
 

ބޭނުން ކުރެވޭ ރިޒާވް 252 މިލިޔަނަށް ދަށްވެއްޖެ

ވަގުތުން ވަގުތަށް ބޭނުން ކުރަން ހުންނަ ދައުލަތުގެ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވް 252 މިލިޔަން ޑޮލަރަށް ދަށް ވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި މާލީ ތަފާސްހިސާބުތުގައިވާ ގޮތުން، ޖެނުއަރީ މަހުން ފެށިގެން މާޗް މަހާއި ހަމަ އަށް ޔޫޒަބަލް ރިޒާވުން ވަނީ 66 މިލިޔަން ޑޮލަރު މަދުވެފަ އެވެ. އެގޮތުން މާޗް މަހު އެ ރިޒާވުގައި 318 މިލިޔަން ޑޮލަރު ހުރި އިރު، ފެބްރުއަރީގައި އެ އަދަދު ހުރީ 295 މިލިޔަން ޑޮލަރެވެ. އަދި މާޗް މަސް ނިމުނު އިރު އެ އަދަދު އިތުރަށް ދަށްވެ، 252 މިލިޔަން ޑޮލަރަށް ވަނީ ވެއްޓިފަ އެވެ.

ޔޫޒަބަލް ރިޒާވްގެ އިތުރުން ގްރޮސް އިންޓަނޭޝަނަލް ރިޒާވް ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން ފެބްރުއަރީ މަހާ އަޅާ ބަލާއިރު، 162 މިލިޔަން ދަށްވެ، ގްރޮސް އިންޓަނޭޝަނަލް ރިޒާވް ވަނީ 776 މިލިޔަން ޑޮލަރަށް ވެއްޓިފަ އެވެ. ނަމަވެސް ރިޒާވް އެހާ ބޮޑަށް ދަށްވީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.

ރައީސް ސޯލިހު މަގާމާމުގެ ހުވާ ކުރެއްވުމަށް ފަހު ގައުމާ މުހާތަބުކޮށް، ރިޔާސީ ބަޔާން އިއްވަމުން ވަނީ، އެމަނިކުފާނުގެ ވެރިކަމުގައި ދައުލަތުގެ ރިޒާވް އެއް ބިލިޔަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
ހިޔާލު