India ge ehee aa eku Raajjeyga cricket stadium eh alhanee
image
ކޯޗު އަބޭ ރޭ ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމާ އެކު ބޭއްވި ކޯޗިން ސެޝަންގެ ތެރެއިން -- ފޮޓޯ: ޔޫތު މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އިންޑިއާ ސަރުކާރުގެ އެހީއާއެކު އަންނަ އަހަރު ކްރިކެޓް ސްޓޭޑިއަމް ގާއިމް ކުރެވޭނެ

އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މަހުލޫފު ވިދާޅުވީ އަންނަ އަހަރު ކްރިކެޓް ސްޓޭޑިއަމް ގާއިމް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތައް ބެލުމަށް އިންޑިއާގެ ދަ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) ގެ ވަފުދެއް ވަނީ ރާއްޖެ އައިސްފަ އެވެ.

މަހުލޫފު ވިދާޅުވީ އެ ވަފުދުން ކުރި މަސައްކަތުން ޕޮޒިޓިވް ބަދަލެއް ފެނިފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކްރިކެޓް ކުރިއެރުމަށް ފުރުސަތު އެބަ އޮތް ކަމަށެވެ.

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކޯޗު އަބޭ ޝަރްމާ އާއެކު ރާއްޖޭގެ ކްރިކެޓު ޓީމުން ރޭ ވަނީ ކޯޗިން ސެޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.

އެކަމަށް ރިއާޔަތް ކުރައްވާ މަހުލޫފު ވިދާޅުވީ ދެގައުމުގެ ކްރިކެޓުގެ ފެންވަރުގައި ބޮޑު ތަފާތެއްވާ ކަމަށާއި އިތުރު ތަމްރީނާއެކު ރާއްޖޭގެ ކްރިކެޓް ބަދަލު ކުރެވޭނެ ކަމަށެވެ.

އިންޑިއާ ކްރިކެޓް ބޯޑުގެ ވަފުދު ރާއްޖެ އައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކާ ގުޅިގެންނެވެ.

އެ ވަފުދުގެ މަގްސަދަކީ ރާއްޖޭގައި ކްރިކެޓު ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތައް ބަލައި މަޝްވަރާކޮށް ދިރާސާ ކުރުން ކަމަށް ޔޫތު މިނިސްޓްރީން ބުނެ އެވެ.

އިންޑިއާގެ ކްރިކެޓް ބޯޑުގެ ދައުވަތަކަށް ރައީސް ސޯލިހު އެގައުމަށް ވަޑައިގެންނެވީ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުގަ އެވެ. އެ ދަތުރުފުޅުގައި އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ކުޅޭ ކްރިކެޓް މެޗެއް ރައީސް ބައްލަވާލެއްވިއެވެ.
ހިޔާލު