Raees aa dhekolhu ehves kamehggai baiverinuvaanan: Qasim
image
ގާސިމް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ފައިލް ފޮޓޯ
އަބްދުﷲ ޔާމީން
4 ކޮމެންޓް
 

ރައީސްއާ ދެކޮޅު އެއްވެސް ކަމެއްގައި ބައިވެރި ނުވާނަން: ޤާސިމް

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ދެކޮޅަށް ކުރާ އެއްވެސް ކަމެއްގައި ބައިވެރި ނުވާނޭ ކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން އެޕާޓީގެ އޮފީސް ކުނޫޒުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި ރޭ ވާހަކަ ދައްކަވަމުން ޤާސިމް ވަނީ ޖުމްހޫރީ ޕާޓީ "އެކްޓިވް" ނުވެ އޮތް ސަބަބު ހާމަކޮށްދެއްވާފައެވެ.

އެގޮތުން ޤާސިމް ވިދާޅުވީ މަޖިލިސް އިންތިހާބަށްފަހު އިސްކަން ދެއްވީ ޤައުމީ މަސްލަހަތަށް ކަމަށެވެ. ޤާސިމް ވިދާޅުވީ ބަދަލުހިފުމުގެ ރޫހެއްގައި ކަމެއް ކޮށްގެން އެއްވެސް ބަޔަކަށް ކުރިއެރުމެއް ނުލިބޭނޭ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަންކަން ވަމުން އަންނަ ގޮތް ދިވެހިންނަށް އިނގޭނޭ ކަމަށް ވިދާޅުވެ ޤާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެޕާޓީއަށް ރައީސް ކަމަށް ވާދަނުކުރެވުނީ އެމަނިކުފާނު "ކަންތައްގަނޑެއްގެ ތެރޭގައި ތާށިވެފައި" ހުރުމުން ކަމަށެވެ.

ޤާސިމް އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެކޮޅަށް ކުރާ އެއްވެސް ކަމެއްގައި ބައިވެރި ނުވާނޭ ކަމަށެވެ. މިއަދުގެ ރައީސަކީ ހުރިހާ ރޮނގަކުން އެއްބާރުލުން ދެއްވުމުގައި އެންމެ ފަހު ވަގުތާ ހަމައަށްވެސް ފަހަތަށް ޖެހިވަޑައިނުގެން ހުންނަވާނެ ރައީސެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކޮށްގެން ގެނައި އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ގެނައުމަށް އަޅުގަނޑުމެން ކުރި މަސައްކަތް އަޅުގަނޑުމެން ހަނދާނުން ނެތިގެން ނުދާނެ. އެމަނިކުފާނުގެ ސަރުކާރު ދަމަހައްޓާ ނެގެހެއްޓުމަށް އަޅުގަނޑުމެން ކޮށްދެން ޖެހޭ ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ޖުމްހޫރީ ޕާޓީ އާއި އަޅުގަނޑު މިހިރީ ތައްޔާރަށް،" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ވޭތުވެދިޔަ ތަނުން އިބްރަތް ހާސިލުކޮށް ޕާޓީއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށެވެ.

މިއީ ނިމުނު މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓިއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަށްފަހު ޤާސިމް މީޑިއާގައި ވާހަކަތަކެއް ދެއްކެވި ފުރަތަމަ ފަހަރެވެ.

ރިޔާސީ އިންތިހާބާއި އެއް ގޮތަށް މަޖލިސް އިންތިހާބުގައި ވެސް ޕާޓީތަކުން އެކުގައި މަސައްކަތް ކުރުމަށް ނިންމާފައި އޮތް ނަމަވެސް މަޖިލިސް އިންތިހާބުގައި ޕާޓީތަކުން ވާދަކޮށްފައިވަނީ ވަކިވަކިންނެވެ. އަދި އެއިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ލިބުނީ ފަސް ގޮނޑިއެވެ.
ހިޔާލު

މުހަންމަދު ކަލޯ

ބޮޑު މަންފާއެއް ލިބެނީތަ؟ ނޫނީ ކަމެއް ކުރެވެނ

އަހުމަދު

މާދަމާ އަނެއްކާ ނުނިކުމެފިއްޔާ ރަގަޅު

ނަޖްވާ

ރާއްޖޭގެ ސިޔާސީ މަސްރަހް ހަލަބޮލިކޮށް އެގޮތް މިގޮތް ހަދާ އެންމެ އިސް މީހެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ޤާސިމް! މީނަގެ ވަކި ތަކުން ރާއްޖެ ސަލާމަތް ކުރުމަށް މަސައްކަތް ކުރަންވީ!

އަހުމަދުލް

ފަހަތަށް ނުޖެހުނަސް ކުރިއަށް ނުޖެހުނަސް މަބޮޑޭވެގެން އުޅޭންހާ ބޮޑު ތާއީދެއް ނެތް. ތިބީ އެތަނުން ބާކީވި މީހަކާ މިތަނުން ދުރުކުރި މީހަކާ މިހެންގޮސް މަދު ބައެއް. ޕާޓީގަ ތިބި ހަރު ކުލައިގެ އިޚްލާސްތެރިން އޮޔާ ގޮއްސި. އަމިއްލަ މަންފާ ހޯދަން އުޅެވުނު ގޮތަކުން ކަމަށްވެދާނެ.