Raajjeyga cricket kuri aruvan magu chart eh hadhanee
image
ކޯޗު އަބޭ ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމާ އެކު ބޭއްވި ކޯޗިން ސެޝަންގެ ތެރެއިން -- ފޮޓޯ: ޔޫތު މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ރާއްޖޭގައި ކްރިކެޓް ކުރިއަރުވަން މަގުޗާޓެއް ހަދަނީ

އިންޑިއާ ކްރިކެޓް ބޯޑުގެ ވަފުދު ރާއްޖޭގައި ކުރި ދިރާސާއިން ފާހަގަވި ކަންކަމަށް ބަލައި ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް މަގު ޗާޓެއް އެކުލަވާލާނެ ކަމަށް އެގައުމުގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ސަބާ ކަރީމް ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރު ޔޫތު މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަބާ ވިދާޅުވީ މަގުޗާޓު އެކުލަވާލައި ވަރަށް އަވަހަށް ރާއްޖޭގެ ކްރިކެޓް ބޯޑާ ހިއްސާކޮށް އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކޯޗު އަބޭ ޝަރްމާ ރޭ ވަނީ ދިވެހި ކްރިކެޓް ޓީމުގެ ކުޅުންތެރިންނަށް ކޯޗިން ސެޝަނެއް ބާއްވާފަ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އަބޭ ވިދާޅުވީ ރާއްޖޭގައި ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށެވެ.

އަބޭ ވިދާޅުވީ ހާއްސަ ތަމްރީންތަކާއި ސްޓްރަކްޗަރަލް ކޯޗިންނާއެކު ދިވެހި ކްރިކެޓް ކުޅުންތެރިންގެ ހުނަރު ތަރައްގީކޮށް ބޭނުންވާ އަމާޒަށް ވާސިލްވެވޭނެ ކަމަށެވެ.

ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމގެ ދިރާސާ އެއް ކުރުމަށް އިންޑިއާގެ ދަ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) ގެ ވަފުދެއް މީގެ ދެދުވަސް ކުރިން ރާއްޖެ އައިސްފައިވާއިރު އެދެދުވަސް ތެރޭގައި ވެސް ތަފާތު ޕޮސިޓިވް ބަދަލެއް ފެނިފައިވާ ކަމަށް އެ ނޫސްވެރިންގެ ބައްދަލުވުގައި މިނިސްޓަރު އަހްމަދު މަހުލޫފު ވަނީ ވިދާޅުވެފައެވެ.
ހިޔާލު