Nurahkaleh neiy, BIruverikan ufedhey mauloomathu nufathura: Mansooru
image
ސަލާމަތީ ބާރުތަކުން މިރޭ ކުރިއަށް ގެންދިޔަ ތަމްރީންތަކުގެ ތެރެއިން: ފޮޓޯ ޕޮލިސް
ސީއެންއެމް
1 ކޮމެންޓް
 

ނުރައްކަލެއް ނެތް، ބިރުވެރިކަން އުފެދޭ މައުލޫމާތު ނުފަތުރާ: މަންސޫރު

ޓެރަރިޒަމްގެ ހަމަލާއެއް ދީފާނެކަމުގެ އެއްވެސް ނުރައްކަލެއް އޮތްނަމަ ސިއްރު ނުކޮށް ރައްޔިތުންނަށް އެކަން އަންގާނެ ކަމަށާއި ބިރުވެރިކަން ފެތުރޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އިލްތިމާސްކުރައްވަފި އެވެ.
ސިފައިންނާއި ފުލުހުން ކުރިއަށް ގެންދާ ތަމްރީންތަކާއި ގުޅިގެން އެކަމަކީ ޓެރަރިސްޓް ހަމަލާއެއްގެ އިންޒާރަކާއި ގުޅިގެން ކުރިއަށްގެންދާ ތަމްރީންތަކެއްކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ މައުލޫމާތު ފަތުރަމުންނެވެ.

މިކަމާއި ގުޅުގެން ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން މަންސޫރު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ތަމްރީނަކީ އެ ތަމްރީންތައް ފެށުމުގެ ކުރިން އާންމުކޮށް އެކަން އަންގާފައިވާ ތަމްރީންތަކެއް ކަމުގައެވެ.

ތަމްރީން ތަކުގެ ބޭނުމަކީ ކުއްލި ހާލަތަކަށް ތައްޔާރުވެފައި ތިބުމާއި މި ސަރަހައްދުގައި ހިނގާ ކަންކަމަށް ލޯހުޅުވިފައި ތިބުންކަމަށް މަންސޫރު ވިދާޅުވިއެވެ. އަދި މި ތަމްރީން ތަކަކީ ކުރައްކަލެއް އޮތްކަމުގެ ހާއްސަ މައުލޫމާތެއް ލިބިގެން ކުރިއަށްގެންދާ ތަމްރީންތަކެއް ނޫންކަމަށްވެސް މަންސޫރުވަނީ ވިދާޅުވެފައެވެ.

މަންސޫރު ވިދާޅުވީ ޓެރަރިޒަމްގެ ހުރިހާ އަމަލަކީ ދުރާލައި އެނގިގެން ހިނގާކަންކަން ނޫން ކަމުގައެވެ. ނަމަވެސް ރައްޔިތުންނަށް ނުރައްކާވާ އެފަދަ އެއްވެސް ހަމަލާއެއްގެ މައުލޫމާތު ރައްޔިތުންނަށް ސިއްރު ނުކުރާނެކަމަށްވެސް މަންސޫރު ވިދާޅުވިއެވެ.

ތަމްރީންތަކާއި ގުޅިގެން ފަތުރަމުންދާ ވާހަކަތައް ސިފައިންނާއި ފުލުހުންވެސްވަނީ ދޮގުކޮށްފައެވެ. އަދި އެފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް ސިފައިންނާއި ފުލުހުންވެސް އިލްތިމާސް ކުރެއެވެ.

ހިޔާލު

ނަޖްވާ

ބަލަ މަންސޫރު އަދިވެސް އެބަ އުޅޭތަ އެމްއެންޑީއެފް ގަ؟