Dengue hunn jehigen 2207 meehun report kuri: HPA
image
އައިޖީއެމްއެޗް ނަރުހުންތަކެއް---ފޮޓޯ: ދަ އެޑިޝަން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 2207 މީހުން ވަނީ ރިޕޯޓުކޮށްފައި

މިއަހަރުގެ މިހާތަނަށް 2207 މީހުން ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން އިއްޔެ އާންމު ކުރި ހަފްތާގެ ރިޕޯޓު ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 2207 މީހުން ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާއިރު ވޭތުވެދިޔަ ތިން އަހަރާ އަޅާބަލާއިރު މިއަހަރު ޑެންގޫ ހުން ޖެހިގެން ރިޕޯޓުކުރަމުންދާ މިންވަރު އަދިވެސް އިތުރުވަމުންދާ ކަމަށް އެ ރިޕޯޓުން ދައްކައެވެ.

އެގޮތުން މިމަހު އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވަނީ ހދ، ނ، ރ އަދި ބ އަތޮޅުންނެވެ.

ޗިކުންގުންޔާ ޖެހިގެން މިއަހަރު މިހާތަނަށް 1064 މައްސަލަ ރިޕޯޓުކޮށްފައިވާއިރު ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް، ޗިކުންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ އިތުރު ވެފައި ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި ޗިކުންގުންޔާ ޖެހިގެން މިހާތަނަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ދ، ތ، ގއ އަތޮޅުންނާއި މާލެ އިން ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.


ޑެންގޫ އެޗްޕީއޭ
ހިޔާލު