Imran beyrah gendhiumuge hurihaa haradheh MTCC inn
image
ހޮނިހިރު ދުވަހު ގޮވި ލޯންޗް---
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ލޯންޗުގައި އެއްޗެއް ގޮވުމުން ފިހުނު އިމްރާން ބޭރަށް ގެންދަން އެމްޓީސީސީން އެހީވަނީ

މިދިޔަ ހޮނިހިރު ދުވަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ލޯންޗެއްގައި އެއްޗެއް ގޮވާ ހިނގި ހާދިސާގައި އެންމެ ބޮޑަށް ފިހުނު މީހާ ބޭރަށް ފޮނުވުމުގެ ހުރިހާ ހަރަދެއް އެމްޓީސީސީން ކުރަމުންދާ ކަމަށް އެމީހާގެ އާއިލާއިން ބުނެފި އެވެ.
ހުޅުމާލޭގައި ބަނދަރުކޮށްފައި އޮތް ލޯންޗުގެ ޕަމްޕު ބަދަލުކުރަން އުޅުމުގެ ތެރޭގައި އެއްޗެއް ގޮވުމުން ދެ މީހަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން އެކަކަށް މާ ބޮޑު އަނިޔާއެއް ނުވާއިރު، އަލީ އިމްރާން ނަމަކަށް ކިޔާ މީހެއްގެ ހަށިގަނޑުގެ 30 އިންސައްތަ ވަނީ ފިހިފަ އެވެ.

އިމްރާންގެ އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު ސީއެންއެމް އަށް މައުލޫމާތު ދެމުން ބުނީ އޭނާ ބޭރަށް ގެންގޮސް ފަރުވާ ދިނުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ. އެގޮތުން އެމްޓީސީސީން ހުރިހާ ހަރަދަކާ ހަވާލުވެފައިވާ ކަމަށާއި، މިމަހުގެ 25 ވަނަ ދުވަހު ބޭރަށް ފޮނުވާލެވޭނެ ކަމަށް އޭނާ ބުންޏެވެ.

އެމްޓީސީސީގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެކުންފުނީގެ ބަހެއް ނުލިބެ އެވެ. އުމުރުން 39 އަހަރުގެ އިމްރާނަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުގަ އެވެ. އެއަށްފަހު އިއްޔެ އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.
ހިޔާލު

މަހުދީ

މިއީ ނެގްލިޖެންސް ކޭސްއެއް. ފަސިންޖަރުން ތިއްބައި މީހުން އިންޖީނު މަރާމާތްކުރޭތަ؟ އެމް.ޓީ.ސީ.ސީ ގައި އެސް.އޯ.ޕީ ގަނޑެއްވެސް ނޯވޯ ދޯ.