125 rashakah Sports Councillor in hoadhanee
image
ދުޅަހެޔޮ ހަށިހެޔޮ އީދުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

125 ރަށަކަށް ސްޕޯޓްސް ކައުންސިލަރުން ހޯދަނީ

125 ރަށަކަށް ސްޕޯޓްސް ކައުންސިލަރުން ހޯދަން ޔޫތު މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ޖުމްލަ 131 ސްޕޯޓްސް ކައުންސިލަރުން ހޯދަން ޔޫތު މިނިސްޓްރީން އިއުލާނުކޮށްފައިވާއިރު ހދ. ކުޅުދުއްފުއްޓާއި ފުވައްމުލައް އަދި އައްޑޫ އާއި މާލޭ ސިޓީ ފިޔަވައި ކޮންމެ ރަށަކަށް ވެސް ހޯދަން އިއުލާނިކޮޑްފައި ވަނީ އެއް ސްޕޯޓްސް ކައުންސިލަރެވެ.

އިއުލާނުގައިވާ ގޮތުން ކުޅުދުފުއްޓަށް ދެ ސްޕޯޓްސް ކައުންސިލަރުން ނަގަން ހަމަޖައްސާފައިވާއިރު ފުއްވަމުލަކު އުތުރާއި މެދު ދާއިރާއަށް ސްޕޯޓްސް ކައުންސިލަރެއް ނެގުމަށް ހަމަޖައްސާފައިވެއެވެ. އަދި އައްޑޫގެ ކޮންމެ ރަށަކަށް ވެސް ސްޕޯޓްސް ކައުންސިލަރެއް ނަގަން ނިންމިއިރު މާލެއިން ނަގާނީ ފަސް ސްޕޯޓްސް ކައުންސިލަރުންނެވެ.

ސްޕޯޓްސް ކައުންސިލަރުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އޯލެވެލްއިން ދެ މާއްދާއިން ދަށްވެގެން "ޑީ" ފާސް އަދި ދިވެހި މާއްދާއިން ފާސްވެފައިވުން ނުވަތަ ސެޓްފިކެޓު ތިނެއްގެ ކޯހެއް ފުރިހަމަ ކޮށްފައިވުމެވެ.

އަންނަ މަހުގެ ދިހަ ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރުންގެ ހިދުމަތް ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އަދި އެކަމަކީ ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަމެއް ނަމަވެސް މިދިޔަ އޭޕްރީލް މަހު ވަނީ ސަރުކާރަށް 100 ދުވަސް ވެފައެވެ.
ހިޔާލު