Market agu thah: Miadhu aamukoh hurihaa ehcheh ge aguves heyo
image
ލޯކަލް މާރުކޭޓް --
0 ކޮމެންޓް
 

މާރުކޭޓު އަގުތައް: މިއަދު އާއްމުކޮށް ހުރިހާ އެއްޗެއްގެ އަގުވެސް ހެޔޮ

މި ރޯދަމަހުގެ އެހެން ދުވަސްތަކަށްވުރެ، މިއަދު ލޯކަލް މާރުކޭޓްގައި ތަކެތީ އަގުތަށް ހެޔޮވެއްޖެ އެވެ.
މިއަދު މާރުކޭޓްގެ އަގުތަކަށް ބަލާއިރު، ކަރާ ކިލޯއެއް ހުރީ 20ރ އާއި 18ރ އާ ދެމެދުގެ އަގުތަކެއްގަ އެވެ. މިރޯދަ މަހު އާއްމުކޮށް ކަރާ ކިލޯއެއް 25ރ އަށް ވިއްކި ނަމަވެސް ބައެއް ދުވަސް ދުވަހު 30ރ އާއި 35ރ އަށް ވެސް އަގު މައްޗަށް ގޮސްފައި ވެއެވެ.

މިއަދު ބާޒާރުގައި ފަޅޯ ކިލޯއެއް އުޅެނީ 30ރ އަށެވެ. ފަޅޯ ވެސް އާއްމުކޮށް ވިއްކާފައިވަނީ 20ރ އާއި 35ރ އާ ދެމެދުގެ އަގުތަކުގަ އެވެ. ނަމަވެސް މިއަދު މާރުކޭޓްގައި ފަޅޯ މަދުވެފައި ވާތީ ފަޅޮލުގެ އަގު ވަނީ ކުޑަކޮށް މައްޗަށް ޖެހިފަ އެވެ.

މިއަހަރުގެ ރޯދަމަސް ދެބައިވީއިރު، ބާޒާރުގެ އަގުތައް އެއްވަރެއްގައި ހުރި ނަމަވެސް، ކުރިން އަގު ބޮޑުކޮށް ވިއްކި ބައެއް ތަކެތި ވަރަށް ބޮޑު ތަނުން އަގުހެޔޮ ވެފައިވާކަން ފާހަގަކުރެވެ އެވެ.

މި ރޯދަ މަހު އަގުތަކުގައި އެންމެ ބޮޑު ތަފާތެއް އަންނަމުންދާ ލެޓިއުސް ކިލޯއެއް މިއަދު 40ރ އަށް ލިބެއެވެ. އާއްމުކޮށް ލެޓިއުސް ކިލޯއެއް މިރޯދަމަހު ވިއްކަމުންދިޔައީ 70ރ އާއި 80ރ އާދެމެދުގެ އަގުތަކުގަ އެވެ. އަދި ރޯދަމަސް ފެށުނުއިރު، ލެޓިއުސް ކިލޯއެއް 150ރ އާއި 120ރ އާ ދޭތެރޭގެ އަގުތަކުގައި ވިއްކާފައި ވެއެވެ.

މިރޯދަމަހުގެ ފުރަތަމަ ދުވަހު ކަނޑޫދޫ މިރުސް، 100 ގްރާމް ވިއްކީ 100ރ އަށެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ރާއްޖެއިން ބޭރުން މިރުސް އެތެރެ ކުރުމުން އަގު ވަނީ ހެޔޮވެފަ އެވެ. މިއަދު ކަނޑޫދޫ މިރުސް، 100 ގްރާމް 45ރ އަށް ވެސް ލިބެއެވެ. އަދި ބޭރު ގައުމުތަކުން އެތެރެކޮށްފައިވާ މިރުހާއި ދިވެހި އެހެން ރަށްތަކުން ގެނެސްގެން ވިއްކާ މިރުސް 100 ގްރާމް 15ރ އަށް ވެސް ލިބެން އެބަހުއްޓެވެ.

ތަރުކާރީ އާއި މޭވާ، ފަލަމަޑީގެ ބާތްތަކާއި ފަތުގެ ބާވަތްތަކުގެ އަގުތަކުގައި މި ރޯދަ މަހުގެ އެހެން ދުވަސްތަކާއި ތަފާތެއް ނެތެވެ.

ބާޒާރުގައި ތަކެތީގެ އަގުތައް

މިރުސް، 100 ގްރާމް: 15ރ-55ރ އަށް
ކަރާ ކިލޯއެއް: 20ރ އަށް
ޓޮމާޓޯ ކިލޯއެއް: 40ރ-45ރ އަށް
ބަރަބޯ ކިލޯއެއް: 20ރ-50ރ އަށް
ކިއުކަންބާ ކިލޯއެއް: 18ރ-30ރ އަށް
ލެޓިއުސް ކިލޯއެއް: 45ރ އާއި 70ރ އަށް
3 ފަތުގެ ކޮޕީފަތް ބޮނޑިއެއް: 10ރ އަށް
ކުއްޅަފިލާފަތް ބޮނޑިއެއް: 10ރ އަށް
ލުނބޯ ކިލޯއެއް: 35ރ-40ރ އަށް
ފަޅޯ ކިލޯއެއް: 30ރ އަށް
ޕެޝަންފުރުޓް ކިލޯއެއް: 85ރ އަށް
ފޭރު ކިލޯއެއް: 70ރ އަށް
އަނބު ކިލޯއެއް: 70ރ-90ރ އަށް
އަލަނާސި ގަނޑެއް: 30ރ-45ރ އަށް
ދޮންކެޔޮ ވަކެއް: 4ރ-6ރ އަށް
ކެރެޓް ކިލޯއެއް: 20ރ އަށް
ކެބޭޖް ކިލޯއެއް: 40ރ- 50ރ އަށް
ބީންސް ކިލޯއެއް: 45ރ- 55ރ އަށް
އަލުވި ކިލޯއެއް: 16ރ އަށް
ފިޔާ ކިލޯއެއް: 10ރ- 15ރ އަށް
ބަނބުކެޔޮ: 50ރ-85ރ އަށް
ބަށި ކިލޯއެއް: 45ރ އަށް
ބިސް ކޭހެއް: 380ރ އަށް
ކާއްޓެއް: 5ރ- 15ރ އަށް
ކުނރުބަލެއް: 25ރ-35ރ އަށް
ހިޔާލު