4 rashehgai thaaru alhan MTCC aa havaalukohfi
image
ހަތަރު ރަށެއްގައި ތާރު އަޅަން އެމްޓީސީސީއާ ހަވާލުކުރަނީ -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
މާއިދާ މުހައްމަދު ރަޝާދު
2 ކޮމެންޓް
 

ހަތަރު ރަށެއްގައި ތާރު އެޅުމުގެ 120 މިލިއަން ރުފިޔާގެ މަޝްރޫއު އެމްޓީސީސީ އަށް

ހަތަރު ރަށެއްގައި ތާރު އެޅުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ހދ. ހަނިމާދޫ، ރ. އުނގޫފާރު، ރ. ދުވާފަރުގެ އިތުރުން ލ. ފޮނަދޫގެ ބޮޑެތި މަގުގަތުގައި ތާރު އަޅާ ތަރައްގީ ކުރުމަށެވެ.

އެކަމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް ފާތިމަތު ޝާނާ ސޮއި ކުރެއްވިއިރު އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކްޓިކް އޮފިސަރު، ހަސަން ޝާހެވެ.

އެއްބަސްވުމުގައިވާ ގޮތުން 240 ދުވަހުގެ ތެރޭގައި އެ ހަތަރު ރަށުގެ މަގުގަތުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް ނިންމަން ޖެހެއެވެ.

ހަނިމާދޫގެ މަގުތަކުގައި ތާރު އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 46.8 މިލިއަން ރުފިޔާއަށެވެ. އަދި އުނގޫފާރުގެ މަގުތަކުގައި ތާރު އެޅުމަށް 19.4 މިލިއަން ރުފިޔާއަށް ހަވާލުކުރިއިރު ދުވާފަރުގައި އެމަޝްރޫއު ހިންގުމަށް ހަވާލުކުރީ 28.3 މިލިއަނަށެވެ. ފޮނަދޫގެ މަގުތަކުގައި ތާރު އަޅަން އެމްޓީސީސީއާ ހަވާލުކުރީ 25.6 މިލިއަން ރުފިޔާއަށެވެ.

އެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 120 މިލިއަން ރުފިޔާ އެވެ.


ހިޔާލު

ތިމަރަ

ކޮބާ ތިމަރަފުށީ އެއާރޕޯޓް މަގުތަކުގައި ތާރައެޅުން
ކިހާ ހިސާބެއްގައި ފެށޭނެ

ސަނީމް

މިފަހަރު އަޅަނީ އިންޑިޔާއިން ގެންނަ ކޮތަރުގުޔާ އެއްކޮއްފަ ހުންނަ ކޮލިޓީދެރަ ތާރު ދޯ..؟