Commissioner of Sports ge magaamah Heena Saleem ayyan kuravvaifi
image
ހީނާ އަހުމަދު ސަލީމް --
0 ކޮމެންޓް
 

ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް ހީނާ ސަލީމް އައްޔަން ކުރައްވައިފި

ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް ހ. ހީނާގަސްދޮށުގެ އަހުމަދު ސަލީމް (ބޮޑު ހީނާ) މިއަދު އައްޔަނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އަހުމަދު ސަލީމް އެމަގާމަށް އައްޔަން ކުރައްވައިފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނާ އޮފް ސްޕޯޓްގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވީ ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިންނެވެ.

ހީނާ ސަލީމަކީ ކުޅިވަރުގެ ދާއިރާގައި ވަރަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2018 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި، ކުޅިވަރު ހިންގުމާއި އަދި މީހުން ތަމްރީން ކުރުމުގެ ރޮނގުން އަހުމަދު ސަލީމް ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލްކުރައްވާފައެވެ.

ހީނާ ސަލީމް ވަނީ ކުޅިވަރުގެ ދާއިރާއިން އެކި ފެންވަރުގެ ތަމްރީންތައް ވެސް ހާސިލްކުރައްވާފައެވެ.
ހިޔާލު