Magaam gai hure GMR aai gulhey eves kameh nuninaman: AG
image
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު: ފޮޓޯ ރައީސް އޮފީސް
އަހުމަދު
1 ކޮމެންޓް
 

މަގާމްގައި ހުރެ ޖީއެމްއާރާގުޅޭ އެއްވެސް ކަމެއް ނުނިންމަން: އޭޖީ ރިފްއަތު

ބަންޑާރަ ނައިބުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން އެމަޤާމުގައި ހުންނަވައިގެން ޖީއެމްއާރާ ގުޅޭ އެއްވެސް ކަމެއް ނުނިންމަވާކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
ޖީއެމްއާރު ކުންފުންޏަކީ ކުރިން ރާއްޖޭގެ މައި ވައިގެ ބަނދަރު ހިންގި އިންޑިއާގެ ކުންފުންޏެވެ. މިދިޔަ އަހަރު މީރާ އިން ވަނީ ޓެކްސްގެ ގޮތުގައި ޖީއެމްއާރުން ދައުލަތަށް 20 މިލިއަނަށް ވުރެ ދައްކަން ޖެހޭކަމަށް ބުނެ އެފައިސާ ދެއްކުމަށް އަންގާފައެވެ.

އެފައިސާ ދައްކަން ނުޖެހޭކަމަށް ބަންޑާރަ ނައިބު ލަފާދެއްވިކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަކީ އަޑު ފަތުރަމުންނެވެ. ބަންޑާރަ ނައިމު ރިފްއަތަކީ ކުރިން ޖީއެމްއާރުގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.


ޖީއެމްއާރުގެ ޓެކްސްއާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތައް ދޮގުކުރައްވާ ރިފްއަތު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަންޑަރަ ނައިބުގެ މަގާމުގައި ހުންނަވައިގެން ޖީއެމްއާރާ ގުޅޭ އެއްވެސް ކަމެއްގައި ނިންމުމެއް ނިންމަވާފައި ނުވާ ކަމުގައެވެ.

މީގެ އިތުރުން މަސައްކަތްކުރައްވަނީ ހައްގުތަކުގެ ދިފާއުގައި ވައުދުވީ ހާމަކަމާއެކު އިންސަފު ކަށަވަރުކުރަންކަމަށްވެސް ރިފްއަތު ވިދާޅުވިއެވެ. އަދި އިސްކުރައްވަނީ ދައުލަތުގެ މަސްލަހަތު ކަމަށާއި އަމިއްލަ މަސްލަހަތު ފުށުއެރުމަށް ޖާގަ ނުދެއްވާކަމަށްވެސް ރިފްއަތު ވިދާޅުވިއެވެ.

ހިޔާލު

ރަޓުމީދާ

ތީގެ މާނައަކީ މަނިކުފާނު ކުރިން ޖީއެމްއާރުގެ ވަކީލެއްގެ ގޮތުން މަސައްކަތް ކުރީމޭދޯ؟ އެހެންވީމަ މަނިކުފާނުގެ މަސްލަހަތު ފުށުއަރާނެ މިންވަރު ދެންނިކަން ދެނެގަނެ. ވަރަށް ސަލާމް ރިއްފަތަށް.