Dhiffushi falhuthereyga oth launchehgai rovehjje
image
ކ. ދިއްފުށި: ފޮޓޯ ވީ
0 ކޮމެންޓް
 

ދިއްފުށީ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެއްޖެ

ކ. ދިއްފުށީ ފަޅުތެރޭގައި އަޅާފައިއޮތް ލޯންޗެއްގައި ރޯވެއްޖެއެވެ.
ސިފައިން އަންނަނީ އަލިފާން ނިއްވަމުމަށްމަސައްކަތް ކުރަމުންނެވެ. ހާދިސާ ރިޕޯޓުކޮށްފައިވަނީ މެންދަމު 1:18 ގައިއެވެ.

ދިއްފުށީ ލޯންޗެއްގައި އަލިފާން ހިފާފައިވާއިރު، މިރޭ އެރަށުގައި ވަނީ ވައްކަން ކުރިކަމަށް އެރަށު މީހުން ތުހުމަތުކުރާ މީހަކާ އެރަށު ރައްޔިތުންގެ ބަޔަކާ ދެމެދު މާރާމާރީ އެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ހަމަނުޖެހުން ހިނގާފައިވަނީ އެރަށު ފިހާރައަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފައިސާތަކެއް އެރަށު ގެއަކުން ފެނުމުންކަމަށް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވެެއެވެ.

މި ހަމަނުޖެހުންތަކާ ލޯންޗުގައި އަލިފާން ހިފި ހާދިސާއާއި ގުޅުމެއް އޮތްކަމެއް އަދި ސާފެއް ނުވެއެވެ.
ހިޔާލު