Kulhudhuffushi ga pick-up eh control inn nehti holhidhandi akah araifi
image
ކުޅުދުއްފުށީގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓް -- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
2 ކޮމެންޓް
 

ކުޅުދުއްފުށީގައި ޕިކަޕެއް ކޮންޓްރޯލުން ނެއްޓި ހޮޅިދަނޑިއަކަށް އަރައިފި

ހދ. ކުޅުދުއްފުށީ އަމީނީ މަގުން ދުއްވާފައި ދިޔަ ކުޑަ ޕިކަޕެއް ކޮންޓްރޯލުން ނެއްޓި، މަގުގެ މެދުގައި ހުރި ހޮޅިދަނޑިއަކަށް އަރައިފިއެވެ.
ހދ. ގެ ހަބަރުތަކަށް ހާއްސަ ކުޅުދުއްފުށީ އޮންލައިނުން ރިޕޯޓުކުރާ ގޮތުގައި މިއަދު ހެނދުނު 9:05 ގައި ހިނގި އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެކަމަކު ޕިކަޕުގެ ކުރީކޮޅު ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު ހޮޅިދަނޑިވެސް ވަނީ މަގުމައްޗަށް ވެއްޓިފައެވެ.

އެ އެކްސިޑެންޓު ހިނގީ ކޮން ސަބަބަކާހުރެކަން އަދި ނޭނގޭއިރު އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
ހިޔާލު

އެރުން؟

ހޮޅިދަނޑި ވެެއްޓިފަ އޮއްވަތަ އެރީ؟ ނޫނީ ހޮޅިދަނޑީގަ ޖެހުނީތަ؟ 😝😆
އެރީ އޯ

އިދުރީސް

ތި ރަށު މީހުން އެއްޗެހި ދުއްވާނީވެސް ވަރަށް މަޑުންނޭ އެހެންވެގެން ވާ ގޮތް