Raajjeygai furathama faharah anhen cricket officialun dhandun!
image
އިއްޔެ ބޭއްވި ކްރިކެޓް މެޗުގެ ތެރެއިން -- ފޮޓޯ: ޓްވިޓާ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެން ކްރިކެޓް އޮފިޝަލުން ދަނޑަށް!

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކްރިކެޓް މެޗެއްގެ އޮފިޝަލުންގެ ގޮތުގައި އަންހެނުން ހަރަކާތްތެރިވެއްޖެ އެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެ "މައިލޯ ރަމަޟާން ކްރިކެޓް ކާނިވަލް އޮފީސް" މުބާރާތުގެ ކްލަބް އިމިގްރޭޝަނާއި ޔޫތު މިނިސްޓްރީން ވާދަކުރި ފައިނަލް ގްރޫޕުގެ މެޗުގައި އަންހެން އޮފިޝަލުން ހަރަކާތްތެރިވެފައިވި ކަމަށެވެ.

"އިއްޔެ އަކީ ތާރީހީ ދުވަހެއް. 2019 މައިލޯ ރަމަޟާން ކްރިކެޓް ކާނިވަލް އޮފީސް މުބާރާތުގެ ކްލަބް އިމިގްރޭޝަނާއި ޔޫތު މިނިސްޓްރީގެ ފައިނަލް ގްރޫޕު މެޗުގައި އޮފިޝަލްކަން ކުރީ ތިން އަންހެނުން. އެކަން ހާސިލް ކުރުމުން ޝައްމާ، ކިނާނާ އަދި ކިނާނަތަށް މަރުހަބާ ކިޔަން،" ޓްވީޓުގައި ވެއެވެ.


ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތައް ބެލުމަށް އިންޑިއާގެ ދަ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) ގެ ވަފުދެއް މި ފަހްތާގައި ވަނީ ރާއްޖެ އައިސްފަ އެވެ. އެ ވަފުދުގެ މަގްސަދަކީ ރާއްޖޭގައި ކްރިކެޓު ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތައް ބަލައި މަޝްވަރާކޮށް ދިރާސާ ކުރުން ކަމަށް ޔޫތު މިނިސްޓްރީން ބުނެ އެވެ.
ހިޔާލު