Vaarey vehi Male' ge magu thakugai fen boduvejje
image
ދެ ގަޑިއިރަށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެފައި -- ފޮޓޯ: ސީއެންއެމް
1 ކޮމެންޓް
 

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް ފަށައިފި

މިއަދު ހެނދުނު 11:00 އިން މެންދުރު 01:00 މެދުނުކެނޑި ބޯކޮށް ވާރޭވެހުމުން މާލޭގެ ބައެއް މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް ފަށައިފި އެވެ.


އާންމުކޮށް މާލޭގައި އެންމެ ކާރޫބާރޫ ބޮޑު މަގުތަކުގައި ވަރަށް ބޮޑަށް ވަނީ ފެން ބޮޑުވެފައެވެ.



އެގޮތުން މާފަންނު ކޮޅުގައި އައިޖީއެމްއެޗު ހިމެނޭ ސަރަހައްދާއި އަމީނީ މަގުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ. އޭގެ އިތުރުން ބޮޑު ތަކުރުފާނު މަގުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ.



މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ޕަޕްތަކުގެ އިތުރުން މިވަގުތު މާލޭގައި ހުރި 12 ސްޓޯމްވޯޓާ ޕަމްޕް އަންނަނީ ބޭނުން ކުރަމުންނެވެ.


ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭތީ ރ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ވައިޓް އެލާޓް ނެރެފައެވެ. ވައިޓް އެލާޓް ނެރުނީ މިއަދު ހެނދުނު 11:15 އިން ހަވީރު 04:00 އަށެވެ.



ދެކުނާއި މެދު ތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ކަނޑު ދަތުރު ކުރާ މީހުން އެކަމަށް ސަމާލުމަށް އެދިފައެވެ.
ހިޔާލު

ޙާޘިމް

އޯކޭވާނެ.. ޔާމީން ދައުރުގަނަމަ ހުރޭ ފޯރި. މުއިޒުވީއޭ ކިޔައިގެން. ކޮބާ އެ ބައިގަނޑު