"Hathiyaaraa eku thamreen kuraa sababu olhun filuva dheykah nujeyene"
image
ސިފައިން ބޭއްވި ތަމްރީނުތަކުގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް
2 ކޮމެންޓް
 

ސިފައިން ހަތިޔާރު ގެންގުޅުން ހުއްދަ، ތަމްރީން ކުރާ ސަބަބު އިތުރަށް ބުނެދޭކަށް ނުޖެހޭނެ: އިބްރާހިމް ދީދީ

ގާނޫނު އަސާސީ އާއި ގާނޫނުތަކުން ސިފައިންނަށް ހަތިޔާރު ގެންގުޅުން ހުއްދައިރު، ހަތިޔާރާއެކު ތަމްރީނު ކުރާ ސަބަބު އޮޅުންފިލުވައިދޭން ނުޖެހޭނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސިފައިން ހަތިޔާރާއެކު ތަމްރީނު ކުރަނީ ކީއްވެތޯ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ވަނީ ސުވާލު އުފައްދާފަ އެވެ. އަދި ހަތިޔާރާއެކު ތަމްރީނުތައް ކުރާ ސަބަބު ރައްޔިތުންނަށް އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ދެ ޕާޓީން ވަނީ ބުނެފަ އެވެ.

ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ސެންޓްރަލް އޭރިއާގެ ކޮންމާންޑަރުކަން ކުރެއްވި އިބްރާހިމް ދީދީ އެކަމަށް ރައްދު ދެއްވާ ވިދާޅުވީ ސިފައިންނަށް ހަތިޔާރު ގެންގުޅެން ގާނޫނު އަސާސީންނާއި ސިފައިންގެ ގާނޫނުގެ ދަށުން ހުއްދަކަމަށެވެ. އެހެންކަމުން ހަތިޔާރާއެކު ފޯރުމަރާ ސަބަބު އޮޅުން ފިލުވައިދޭން ޖެހޭނެތޯ ސުވާލު އުފެއްދެވި އެވެ.

(ސިފައިން) ތަމްރީނެއްގައި ކުރެދި ތޫނުކޮށްގެނެއް ނޫން ބޭނުން ކުރާނީ! ތަމްރީނުތައް ގިނަގިނައިން ބާއްވާ ހަތިޔާރަށް އަހުލުވެރި ކުރުވަން ޖެހޭނެ،" އިބްރާހިމް ދީދީ ކުރެއްވި ޓްވީޓުގައި ވެއެވެ.


ތިން ދުވަހުގެ މުއްދަތައް ހަތިޔާރާއެކު ސިފައިންނާ ފުލުހުން ކުރިއަށް ގެންދިޔަ ތަމްރީނުތައް މިއަދު ހެނދުނު ވަނީ ނިންމާލާފައެވެ. އެ ތަމްރީނުތަކާއި ގުޅިގެން ތަފާތު ވާހަކަތައް ސޯޝަލް މީޑިއާގައި ފެތުރުނެވެ. އެކަމަކު ސިފައިން ބުނީ އެއީ ވަކި ހާއްސަ ނުރައްކަލެއް އޮވެގެން ބާއްވާ ތަމްރީންތަކެއް ނޫން ކަމަށެވެ.
އެމްޑީޕީ ސިފައިން
ހިޔާލު

މުހުސިން

ޕީޕީއެމް އާއި ޕީއެންސީ އިން ބުނެދީބަލަ ތިބައިމީހުންގެ ވެރިކަމުގަ އެމް އެމް ޕީ އާރް ސީ ދަވާލީ ކީއްވެގެންކަން ރައްޔިތުންނަށް އެކަންސާފުކޮއްދޭންޖެހޭ

ޅޮސްބެ

އަމިއްލަ ރަށުންވެސް މަޖިލިސް ކުރިމަތިލީމަ ފެއިލްވެފަ ހުރި މީހެއް ތިނިހާނަކީ މައުމޫން ވާހަކަދައްކާގޮތް ކޮޕީކޮއްގެން ވާހަކަ ދެއްކީމަ މީނަހީކުރަނީ ރައްޔިތުން ގަބޫލުކުރާނެކަމައް! ރައްޔިތުން ބަލައި ނުގަތް މީހެއް ރޭގަނޑު ދަންވަރު ނިއުސްކޮންފަރެންސް ބާއްވައިގެން ފިތުނަ އުފައްދަން މިއުޅެނީ ތިނަދޫއައް ކުރިން ތެޔޮބިޑި ވިއްކަން އުޅުނު މީހާ!!!🙈