Folhavahi vote mahsalaagai sarukaarah faadukiun
image
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، ރާއްޖޭގެ ފަރާތުން އދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ -- ފޮޓޯ/ އޭޕީ
1 ކޮމެންޓް
 

ފޯޅަވަހީ ވޯޓު މައްސަލާގައި ސޯޝަލް މީޑިއާއގައި ސަރުކާރަށް ފާޑުކިއުން އަމާޒުވެއްޖެ

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ޗާގޯސް އައިލެންޑްސް (ފޯޅަވަހި) ގެ މައްސަލައިގައި ނެރެފައިވާ އެޑްވަައިޒަރީ އޮޕީނިއަން ތަންފީޒުކުރުމާ ބެހޭ ގޮތުން އދ. ގެ އާއްމު މަޖިލީހުގައ ނެގި ވޯޓުގައި ދިވެހިރާއްޖެއިން ދެކޮޅަށް ވޯޓު ދިނުމުން އެކަމާ ދިވެހި ސަރުކާރަށް ބައެއް މީހުން ފާޑުކިއުން ފަށައިފިއެވެ.
ގަރާރުގައި ގޮވާލާފައިވަނީ އިންޑިޔާ ކަނޑުގައި އިނގިރޭސިން އެމެރިކާއަށް ކުއްޔަށް ދީފައިވާ އަސްކަރީ މަރުކަޒުއޮންނަ ޑިއޭގޯ ގާސިޔާ ހިމެނޭ ފޯޅަވަހި (ޗާގޯސް އާކިޕެލަގޯ) މޮރިޝަސްއާ "ވީ އެންމެ އަވަހަކަށް" ހަވާލުކުރުމަށެވެ. މި ގަރާރު ރޭ ވަނީ އދ. ގެ އާންމު މަޖިލީހުން ބޮޑު އަގުލަބިއްޔަތުން ފާސްކޮށްފައެވެ.

މިގޮތުން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވަނީ ޓްރާންސް ޕޭރަންސީ މޯލްޑިވިސް (ޓީއެމް) ގެ އެޑްވޮކެސީ އެންޓް ކޮމިޔުނިކޭޝަންސް މެނޭޖަރު، އައިމަން ރަޝީދު ކުރެއްވި ޓްވީޓެއް ޓެގް ކުރައްވައި ކުރެއްވި ޓްވީޓެއްގައި ދުންޔާ ސުވާލު ކުރައްވާފައިވަނީ، "އދ އިން ބަލައިގަނެފައިވާ ރިސޮލިއުޝަނެއް އޮވައި ބޭރުގެ ނުފޫޒުތަކަށް ބާރުއިތުރުވާގޮތަށް އިންޑިއާ ކަނޑުގެ އެކުވެރި ގައުމުތާ ދެކޮޅަށް ވޮޓު ދެނީ ކޮންކަހަލަ ހާރިޖީ ސިޔާސަތެއް ގެންގުޅުއްވާތީތޯ؟" ސުވާލުކުރައްވާފައެވެ.

އައިމަން ކުރެއްވި ޓްވީޓުގައި "ޗާގޯސް ގެ ރައްޔިތުން ގަދަބާރުން އެމީހުންގެ ގެދޮރުން ނެރޭއިރު، އެކަމާ ދެކޮޅާށް ދިވެހި ދައުލަތައް ނުތެދުވެވޭއިރު، އިންސާފުވެރި ދިވެހި ދައުލަތަކާމެދު އުންމީދު ކުރާނީ ކިހިނެއްތޯ؟" ވަނީ ސުވާލުކުރައްވާފައެވެ.
އަދި އައިމަން ވިދާޅުވެފައިވަނީ އޭނާ އެދެނީ ހަމައެކަނި ދިވެހިރާއްޖޭގައި އިންސާފު ގާއިމްކުރުމުގެ ބަދަލުގައި ބައިނަލްއަގުވާމީ ދުނިޔޭގައި ވެސް އިންސާފުވެރިވުމަށެވެ.


ސަރުކާރުގެ ދިފާއުގައި ވެސް ބައެއް މީހުން އަންނަނީ މި މައްސަލާގައި ހިޔާލު ފާޅުކުރަމުންނެވެ.

"ހުރަވީ" ނަމަކަށް ކިޔާ މީހަކު ޓްވިޓާ ގައި ބުނެފައިވަނީ ޗާގޯސް އައިލެންޑްގެ މައްސަލާގައި ދިވެހިރާއްޖޭގެ ސަރަހައްދު ހިމެނޭކަމަށާއި އެކަން ދިފާއު ކުރުމުގެ ހައްގު ދިވެހި ދައުލަތައް އެބައޮތް ކަމަށެވެ. އަދި މޮރިޝަސް އިން ދިވެހިރާއްޖެގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯންގެ ބައެއް ހޯދަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ބުނެއެވެ.


ޗާގޯސް އާކިޕެލަގޯ (ފޯޅަވަހި) ގެ މައްސަލައިގައި ރޭ އދ.ގެ އާއްމު މަޖިލީހުގައި ނެގި ވޯޓުގައި ދިވެހިރާއްޖެއިން ވޯޓު ދީފައިވަނީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަޙަތުތައް ޙިމާޔަތްކުރުމަށް ކަމަށް ފޮރިން މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.
އެ ވޯޓުގައި ދިވެހި ރާއްޖޭގެ އިތުރުން ފަސް ގައުމެއް ދެކޮޅަށް ވޯޓުލިއެވެ. އެއީ އެމެކެރިކާ، އިނގިރޭސިވިލާތް، އިޒްރާއިލް، އޮސްޓްރޭލިއާ އަދި ހަންގޭރީ އެވެ.

ވޯޓުގައި އެއްކޮޅަށް 116 ވޯޓްދީފައިވާއިރު ވަކި އަތަކަށް ވޯޓް ނުދީ 56 ގައުމު އޮތެވެ.

ފޯޅަވަހި އޮންނަނީ ދިވެހިރާއްޖޭގެ 500 ކިލޯމީޓަރު ދެކުނުންނެވެ. ދިވެހިރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދާ ފޯޅަވައްސާ ބޯޑަރު ވާނެއެވެ. އެތަން މިހަރު އޮންނަނީ އިނގިރޭސީންގެ ބިމެއްގެ ގޮތުގައެވެ. އެމެރިކާއަށް ފޯޅަވަހި ކުއްޔަށްދީފައިވަނީ އިނގިރޭސި ވިލާތުންނެވެ.

ފޯޅަވައްސަކީ 54 ރަށުގެ މައްޗަށް އެކުލެވޭ އަތޮޅެކެވެ. ނަމަވެސް އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޭހަކަށް އެއަތޮޅު ބަދަލުމުން އެ އަތޮޅުގައި ދިރިއުޅުން 4000 ވަރަކަށް މީހުން ވަނީ ސީޝެލްސްއަށާއި މޮރިޝަސް ފަދަ އަވަށްޓެރި ގައުމުތަކަށް ބަދަލުވެފައެވެ.

މިހާރު ފޯޅަވަހި އަލުން ހޯދުމަށް މަސައްކަތް ކުރަނީ މޮރިޝަސްއިންނެވެ.
ހިޔާލު

ރާޖާ

ބަލަގަ މޮރިޝަސް އަށް އެ އަތޮޅު ލިބެން ޖެހޭ ހަމަޔަކީ ކޮބައިބާ.. އެއަތޮޅު ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތަށް ބަލާއިރު ދިވެހިރާއްޖެއަށް ދޭން ޖެހޭ ތަނެއް އެއީ. މޮރިޝަސް އަށް އެތަން ހަވާލު ކުރުމަށް ބަލާއިރު، ސީޝަލްސް މާ ކައިރި އެމީހުންނަށް ވުރެ. އިނގިރޭސިން އެތަނުގައި އެތިބީ ގަދަބާރުން ދޫކޮށްލާއިރު ތޮޅޭނެ ތަންކޮޅަކަށް ހަދާފަ ދޫކޮށްލެވޭތޯ މިހާރު އެއުޅެނީ.